
(ފޮޓޯ ކްރެޑިޓްސް: އެމްބީއޭ)
ހުދުފޮނު ޕްރޮގްރާމުގެ އެންމެ ބޮޑު ފޯކަސްއަކީ ކުޅިވަރުގެ ތެރެއަށް ކުދިން ވެއްދުން ކަމަށާއި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށް އުންމީދުކުރާ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ބުނެފިއެވެ. ނ. ޅޮހީގައި ފަށާ ހުދުފޮނު ޕްރޮގްރާމް އާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ނިޒާމް ބުނީ މި އަހަރު ފެއްޓުނު އިރު ކުލިނިކުތައް ހިންގަން ފެށީ މި ކުޅިވަރުގެ ތެރެއަށް އެތުލީޓުން ވެއްދުމަށްޓަކައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް ކުލިނިކްތައް ގެންދިއުމަށް ނިންމާ ހުދުފޮނު ޕްރޮގްރާމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށްވެސް ބުންޏެވެ.
މިއަހަރު ކުލިނިކުތައް ފުރަތަމަ ޖެއްސީ އުތުރުގައިކަމަށާ ދެން އެންމެ އަވަހަށް އޮންނާނީ ނ. ޅޮހީގައި ކަމަށްވެސް ނިޒާމް ބުންޏެވެ. މި ކުލިނިކަކީ ނޫނު އަތޮޅު ހުރިހާ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ކްލިނިކެކެވެ. ޅޮހީގައި ބާއްވާ ބޮޑީބޯޑިން ދަސްކޮށްދޭ ގައުމީ ޕްރޮގްރާމް “ހުދުފޮނު” ކްލިނިކަކީ މިއަހަރު ހިންގާ ތިންވަނަ ކުލިނިކެވެ. ޅޮހީގައި ކުލިނިކު ހިންގަނީ މިމަހުގެ 26-28 އަށެވެ. ޅޮހީގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޅޮހީ ޖަމްއިއްޔާއެއް ކަމަށްވާ ސާފް ސްކޮއާ އާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް 25 ޖޫން ވާ އާދިއްތަ ދުވަހު މެންދުރު 12ގެ ކުރިންނެވެ.
މި ކުލިނިކްތަކުގެ ސަބަބުން މުބާރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް ނިޒާމު ބުންޏެވެ. ”ދެން އޮތް މުބާރާތް އެއީ ހާއްސަ މުބާރާތެއް. އަދި ފަހުން އެ މުބާރާތް އިއުލާނުކޮށްލާނަން. އެ މުބާރާތަށް ހަމަ އައު ގިނަ ކުދިން މީގެ ތެރެއަށް ވަދެގެންދާނެ ކަމަށް އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދު އެބައޮތް“ ނިޒާމް ބުންޏެވެ. ނިމިގެން ދިޔަ ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖުގައި އަލަށް ބައިވެރިވި ބައެއް އެތުލީޓުންނަކީ ހުދުފޮނު ޕްރޮގްރާމުގެ ބައިވެރިންކަން ފާހަގަކޮށް ނިޒާމް ބުނީ އެ ކުދިން ވަރަށް ހުނަރުވެރިކަމަށް ފާހަގަކުރެވުނު ކަމަށާއި ސެމީ ފައިނަލާ ހަމައަށްވެސް ދިޔަ ކަމަށެވެ.
އަދި އެކުދިންނަށް މިވަގުތު ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ބޮޑީބޯޑަރުންނާއި އެކު މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖްރިބާއެއް ކަމަށް ނިޒާމް ބުންޏެވެ. ނިޒާމް ބުނީ އެމްބީބީއޭއިން މަސައްކަތް ކުރަނީ ހުދުފޮނު ޕްރޮގްރާމުގެ ތެރެއިން މުބާރާތްތަކަށް އަންނަ ކުދިންނަށް ފުރުސަތުދީ އެކުދިން އިތުރަށް ކުރިއެރުވުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
