
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕް 2025 އަށް ޕޮލިސް ކުލަބުން ނެރޭނީ ވަރަށް ވަރުގަދަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު މަލިން ސަމްޕަތު ބުނެފިއެވެ. މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ސްރީލަންކާއަށް ނިސްބަތްވާ ކޯޗު ބުނީ ޕޮލިސް ކުލަބުން މުބާރާތާ ކުރިމަތިލާނީ ވަރަށް ބޮޑު އުންމީދަކާ އެކުކަމަށެވެ. ޒުވާން ވަރުގަދަ ޓީމަކާއެކު ޕޮލިހުން ނުކުންނާނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައިކަމަށް ކޯޗު ފާހަގަކުރިއެވެ. ޕޮލިސް ކުލަބުގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިންތަކެއްވެސް ޓީމާ ގުޅިފަވާކަމަށާ، އެއީވެސް ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްކަމަށް ކޯޗުވަނީ ފާހަގަކޮށްފައެވެ.
“ޓީމާ ގުޅިފަވަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް، ގިނަ ކުޅުންތެރިންނަކީ 20 އަހަރުންދަށުގެ ކުޅުންތެރިން. އުމުރުގެ ގޮތުން ވަރަށް ހަގު ކުޅުންތެރިންތަކެއް މިއީ، އެހެންނަމަވެސް ސީނިއާ ކުޅުންތެރިންވެސް ހިމެނޭނެ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ ލިބަރޯވެސް ހިމެނޭ” ކޯޗު ބުންޏެވެ. ކޯޗު ބުނީ ވީއޭއެމް ކަޕަށް ޒުވާން ޓީމަކާއެކު ނުކުންނައިރު، އުންމީދަކީ މިފަހަރު މުބާރާތުގެ ނަތީޖާ ރަނގަޅުކުރުންކަމަށެވެ. ފާއިތުވެ ދިޔަ އަހަރު ޕޮލިސް ކުލަބުން މުބާރާތުން ރެލިގޭޓްވެފައިވާކަން ފާހަގަކުރަމުން ކޯޗު ބުނީ މިއަހަރުގެ މުބާރާތަށް ޕޮލިސް ކުލަބުން ތާއްޔާރުކުރަމުންދަނީ ވަރުގަދަ ޓީމަކާއެކުކަމަށެވެ.
“އުންމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް މިމުބާރާތުން. ފާއިތުވެދިޔަ މުބާރާތުން ޕޮލިސް ކުލަބުވަނީ ރެލިގޭޓްވެފަ. އެކަމަކު މިފަހަރުގެ ޓީމު ވަރުގަދަވާނެ، އަޅުގަނޑުމެން މަސައްކަތްކުރަނީ ކުރެވުނު އެންމެ ރަނގަޅަކަށް” ފެބްރުއަރީ މަހު ޕޮލިސް ޓީމާ ގުޅުނު ކޯޗު ބުނެފަވެއެވެ. ޕޮލިސް ޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަކުރުމަށްޓަކައި ޓީމަށް ގެނެވުނު އިންޑިއާގެ ދެކުޅުންތެރިންނާއެކު ޕޮލިހުގެ ޒުވާން ޓީމަށް އިތުރު ހިއްވަރެއް ލިބޭނެކަމަށް އެޓީމު ކެޕްޓަން ޝުޢައިބް ޢަބްދުއްލަތީފް ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައެވެ. ޝުޢައިބު ބުނީ ވޭތުވެދިޔަ ހަތަރު އަހަރަކީ ޓީމަށް ވަރަށް ނާކާމިޔާބު އަހަރުތަކެއްކަމަށާ އެހެންނަމަވެސް މިއަހަރުގެ މުބާރާތާ ކުރިމަތިލާނީ ތަފާތެއް ދެއްކުމުގެ އަޒުމުގައިކަމަށެވެ.
“މިހާރު އަނެއްހެން ބަލައިފިއްޔާ ރާއްޖޭގައި ތިބި ހުރިހާ ޔަންގު ކުޅުންތެރިން މިތިބީ ޕޮލިސް ކުލަބުގައި، ދެން މިކުދިންނަށް ލިބޭނެ އިތުރު ހިއްވަރަކާ އެކީގައި ބަލައިފިއްޔާ ވަރަށް ބޮޑު އެއްޗެއް ރަނގަޅުވާނެ. ގާތްގަނޑަކަށް ޕަސެންޓޭޖުން އިތުރު ސެވެންޓީ އެއިޓީ ޕަސެންޓު އިތުރަށް ޖެހިލާނެކަމަށް މިބަލަނީ” ޝުޢައިބު ބުނެފަވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
