
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގުރާމްގެ ތެރެއިން، ޚާއްސަ އިނާޔަތެއް ދީގެން މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރިކުރުމުގެ ވިސްނުން އެބަހުރިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ޤައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާޙުކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލުމަށް ހޯދުމަށްކަމަށެވެ. މިޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ތަޢުލީމީ ވަޒީރު ވިދާޅުވީ މަތީ ނަތީޖާ ޙާސިލުކުރާ ދަރިވަރުން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަންޖެހޭ ކަމަށެވެ.
ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުން ކަމަށެވެ. އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވަޒީރު ވިދާޅުވިއެވެ. “ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން %74 އަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސްޕެޝަލް އެޑިކުއޭޝަނަލް ނީޑްސް، ސެން ޓީޗަރުން ލިބުމުގައިވެސް ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޖުމުލަ 600 އެއްހާ ސެން ޓީޗަރުން މިހާރުވެސް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ސެން ޓީޗަރުން ތަމްރީންކުރުމުގެ ޚާއްސަ ޕްރޮގުރާމެއް މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. މިއަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދައްރިސުން ކިޔަވާ އެއް އަހަރުކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މިއަހަރު އަލަށް 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ މުދައްރިސުކަން ކިޔަވަމުންނެވެ. ތަޢުލީމީ ދާއިރާއަށް މިހާރުން މިހާރަށް 2400 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
