
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މެއި މަހު 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެންސްޕާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިދިޔަ މަހު ފޯރުކޮށްދީފައިވާ މާލީ އެހީގެ ތަފާސްހިސާބު އާންމު ކުރައްވާފައެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މެއި މަހު 14،144 މީހަކަށް 50.7 މިލިޔަން ރުފިޔާ މާލީ އިނާޔާތުގެ ގޮތުގައި ދީފައިވެއެވެ.
އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،308 މީހުން ހިމެނެއެވެ. މީގެތެރޭގައި 18 އަހަރުން ދަށުގެ 4700 ކުދިން ހިމެނެއެވެ. އަދި މިދިޔަ މަހު އަލަށް 156 މީހަކު ދަފްތަރުކޮށްފައިވާ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯުރުކޮށްދެވިފައިވާ މާލީ އެހީ
މޭ 2025 pic.twitter.com/2Mw1eWNQnA— NSPA (@NSPAmaldives) June 22, 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ފަށާފައިވާއިރު 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު” އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
