
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާންގެ ތިން މައި ނިއުކްލިޔަރ މަރުކަޒަކަށް ޙަމަލާދީފައެވެ. އެއީ، އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައިވާ މަރުކަޒުތަކެވެ. ޔަހޫދީންނާ ބައިވެރިވެ، އެމެރިކާއިން އީރާނަށް ބޮންއަޅަން ފެށުމާ އެކު މެދުއިރުމަތީގެ މަސްރަޙު މި ވަނީ ކުރިން ގޯސްނުވާ މިންވަރަކަށް ގޯސްވެފައެވެ. އަދި، ނުރައްކާތެރި ހަނގުރާމައެއް ބޯމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. “ޙަމަލާތަކަކީ އަސްކަރިއްޔާއަށް ލިބުނު ވަރަށް ކުލަގަދަ ކާމިޔާބީއެއް. އީރާންގެ ނިއުކްލިޔަރ މައި މަރުކަޒުތައް ވާނީ މުޅިން ސުންނާފަތި ކޮށްލާފައި،” ވައިޓް ހައުސްގައި ތަޤުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ސުލްޙަވުން ނޫން އިތުރު ގޮތެއް އީރާނަށް ދެން ނޯންނާނެ ކަމުގައެވެ. އަދި، ސުލްޙަވުމަށް އިންކާރު ކޮށްފި ނަމަ، އީރާންގެ އިތުރު ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިތުރު އިންޒާރެއް ދެއްވާފައެވެ. ނަމަވެސް، އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ސީބީއެސުން ބުނީ، ޙަމަލާތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން އީރާނަށް ގުޅާފައިވާ ކަމުގައެވެ. އަދި، އިތުރު ޙަމަލާތަކެއް ދިނުމަށް ރާވާފައި ނުވާ ކަމަށާއި، އީރާންގެ ސަރުކާރު ވައްޓައިލަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމުގައެވެ.
އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ އެ މަރުކަޒުތައް ހުސްކޮށްފައެވެ. އީރާންގެ ދައުލަތުގެ މީޑިޔާގެ ވެރިޔާގެ ނައިބު ޙަސަން ޢާބިދީނީ ވިދާޅުވީ، ނިއުކްލިޔަރ މަރުކަޒުތަކުގައި ރައްކާކޮށްފައި ހުރި ފައްކާ ކޮށްފައިވާ ޔުރޭނިޔަމް ސްޓޮކްތައް ވެސް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމުގައެވެ.
ފޫރްދޫއަށް ބޮޑު ގެއްލުމެއް ނުލިބޭ
އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުގެ ބައެއް މަޞްދަރުތަކުން ވަނީ އެ ކަން ދޮގުކޮށްފައެވެ. އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ މުޙައްމަދު މަނާން ރައީސީ ވިދާޅުވީ، އެމެރިކާގެ ޙަމަލާތަކުގައި ފޫރްދޫ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައެވެ. އަދި، ހަމައެކަނި ގެއްލުން ލިބިފައި ވަނީ، ބިމުގައި ހުރި އިމާރާތްތައް ކަމަށާއި، ބިމު އަޑީގައި ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ ވަސީލަތްތަކަށް ގެއްލުން ލިބިފައި ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އަޞްފިހާންގައި ހުރި ނިއުކްލިޔަރ މަރުކަޒަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ މަޞްދަރުތަކުން ވެސް ވަނީ ބުނެފައެވެ. ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އަސްކަރިއްޔާގެ މަޞްދަރުތަކާ ޙަވާލާދީ އެމެރިކާގެ ފޮކްސް ނޫހުން ބުނީ، ޓޮމަހޯކް މިސައިލް ބޭނުން ކޮށްގެން އެމެރިކާއިން ދިން ޙަމަަލާތަކުގައި އަޞްފިހާންގެ ބިމު އަޑީގައި ބިނާ ކޮށްފައިވާ ވަސީލަތްތައް ސުންނާފަތި ކޮށްލެވިފައި ނުވާ ކަމުގައެވެ. އަދި، އެ ތަން ބިނާ ކޮށްފައި ވަނީ ވަރަށް ފުނުގައި، ވަރަށް ރައްކާތެރިކޮށް ކަމުގައި ވެސް އެ މަޞްދަރުތަކުން ބުނި ކަމުގައި ފޮކްސުން ރިޕޯޓު ކުރިއެވެ.
އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވުމާ އެކު ޓްރަމްޕަށް ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ އެމެރިކާއިން އދގެ ޗާޓަރާ ޚިލާފަށް ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމުގައެވެ. އެ ޖަރީމާތަކުގެ ނަތީޖާ ހިތިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
“ބައިނަލްއަޤްވާމީ ސުލްޙައާއި ސަލާމަތަަށް ނުރައްކާވެއްޖެ”
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޓްރަމްޕްގެ ޖަރީމާ ކުށްވެރި ކުރައްވާފައެވެ. “އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް. މިއީ، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ޙަމަލާތަކެއް، އަދި އެމެރިކާގެ ސަބަބުން ބައިނަލްއަޤްވާމީ ސުލްޙައާއި ސަަލާމަތަށް މި ވަނީ ނުރައްކާވެފައި،” އޭނާ ވިދާޅުވިއެވެ.
އީރާނަށް ޙަމަލާ ދިނުމުގެ ކުރިން ޓްރަމްޕް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ހުއްދައަށް އެދިވަޑައިގަންނަވާފައެއް ވެސް ނުވެއެވެ. އަދި، ކޮންގްރެސްގައި ތިއްބަވާ ޤައުމީ ސަލާމަތާ ބެހޭ ހުރިހާ މަޢުލޫމާތެއް ހިއްސާ ކުރުން މަޖުބޫރު އަށް މެންބަރުންނާ އެ މަޢުލޫމާތު ހިއްސާ ކުރައްވާފައެއް ވެސް ނުވެއެވެ. މި ކަން އެންމެ ހަރު އަޑުން ކުށްވެރި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު ނެންސީ ޕެލޯސީ ވެސް ހިމެނި ވަޑައިގަންނަވައެވެ. ޕެލޯސީ ކުރިން ވަނީ ހައުސްގެ ރައީސާގެ މަޤާމު ވެސް ފުރުއްވާފައެވެ.
“އެމެރިކާއަށް ރައްދު ދިނުމުގައި ގޮތުން އީރާނުން އެެއްވެސް ޙަމަލާއެއް ދީފި ނަމަ، އެ ކަމުގެ ރައްދުގައި މި ރޭ ބޭނުން ކޮށްފައިވާ ހަތިޔާރުތަކަށް ވުރެ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް އީރާނަށް ޙަމަލާ ދޭނަން،” އީރާނަށް އިތުރު އިންޒާރެއް ދެއްވައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ގައުމީ ތަރައްގީ ޕްލޭންގެ ޑްރާފްޓު ނިންމައި މިހާރު އޮތީ ރިވިއުކުރާ މަރުހަލާގައި”
(ފޮޓޯ ކްރެޑިޓްސް: ނެކްސިއާ މޯލްޑިވްސް) ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަޕްލޭންގެ ޑްރާފްޓް ނިމި، މިހާރު އޮތީ ރިވިއުކުރުމުގެ...
އާ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޭސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން ރާއްޖެއަށް ބޭސް ގެނެސް، ރަށްރަށަށް...
ދީނަށް ފުރައްސާކުރާ މައްސަލާގައި ހޯދަން އިއުލާން ކުރި ބޫގާ ފުލުހަށް ހާޒިރެއް ނުވި
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ކަނޑައެޅި ވަގުތަށް ހާޒިރުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް...
ޕީއެންސީއަށް ވޯޓު ދީގެން ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވޭނެ: ސައުދުﷲ
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި އިހުމާލުގެ ބޮޑެތި މައްސަލަތަކުން ރަށުގެ އަބުރު ސަލާމަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ...
ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.27 ބިލިޔަން...
މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ...
