
(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގައި އިތުރު ރަން މެޑެލްތަކެއް ނޮޅިވަރަންފަރު ސްކޫލާއި، ޖަލާލުއްދީން ސްކޫލް އަދި މިލަންދޫ ސްކޫލުން ހޯދައިފިއެވެ. އިންޓަަރ ސްކޫލް އެތުލެޓިކްސް މީޓުގެ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ޖެވެލިން ތުރޯއިން ރަންމެޑަލް ހޯދީ ނޮޅިވަރަންފަރު ސްކޫލްގެ ފައިނާން މޫސާ ފިޒާންއެވެ. ފައިނާން ޖެވެލިން ތުރޯއިން އެއްވަނަ ހޯދީ މިއަދު ހެންދުނު މި އިވެންޓުގެ ފައިނަލްގައި 22.13 މީޓަރު ދުރަށް ޖެވެލިން އެއްލައިގެންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ ނޮޅިވަރަމް ސްކޫލްގެ ރަސްލަތު އަހުމަދެވެ. ރަސްލަތު ރިހި މެޑަލް ހޯދީ 17.68 މީޓަރަށް ޖެވެލިން އެއްލައިގެންނެވެ. މި ބައިން ތިންވަނަ އާއެކު ލޯ މެޑަލް ހޯދީ 17.08 މީޓަރަށް ޖެވެލިން އެއްލައިގެން ބާރަށު ސްކޫލްގެ ފާތިމަތު އިބާނާ އަހުމަދެވެ.
މިމުބާރާތުގެ 15 އަހަރުން ދަށުގެ އަންހެންކުދިންގެ ޓްރިޕްލް ޖުމްޕްގެ ރަންމެޑަލް ޖަލާލުއްދީން ސްކޫލަށް ހޯދައިދިނީ މަންހާ އަލީ ޝަރީފްއެވެ. އެއީ 8.32 މީޓަރު ދުރަށް ފުންމައިގެންނެވެ. މި އިވެންޓުގެ ރިހި މެޑަލް އާއި ލޯ މެޑަލްވެސް ހޯދީ އަފީފުއްދީން ސްކޫލްގެ ދެ އެތުލީޓުންނެވެ. މިގޮތުން ދެވަނަ 7.84 މީޓަރަށް ފުންމައިގެން މަރިޔަމް ނާޔާ ހޯދި އިރު ތިންވަނަ އާއެކު ލޯ މެޑަލް އައިޝަތް ލަސަން އަލީ ޔަގީން ކުރީ 7.77 މީޓަރަށް ފުންމައިގެންނެވެ. 15 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް ތުރޯ އިވެންޓުގެ ރަން މެޑަލް މިލަންދޫ ސްކޫލަށް ހޯދައިދިނީ ހުސެއިން ނައިސަމް ފިރާގެވެ. އެއީ 24.34 މީޓަރު ދުރަށް ޑިސްކަސް އެއްލައިގެންނެވެ. މި އިވެންޓުގެ ދެވަނަ ވެސް ހޯދީ މިލަންދޫ ސްކޫލުންނެވެ. ހުސެއިން ވިލްދާން މި އިވެންޓުގެ ރިހި މެޑަލް ޔަގީން ކުރީ 23.79 މީޓަރު ދުރަށް ޑިސްކަސް އެއްލައިގެންނެވެ.
ތިން ވަނަ އާއެކު ލޯމެޑަލް ހޯދީ ނޮޅިވަރަންފަރު ސްކޫލްގެ މުހައްމަދު އިޒާން އަލީއެވެ. އެއީ 21.10 މީޓަރު ދުރަށް ޑިސްކަސް އެއްލައިގެންނެވެ. އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 13 އަހަރުން ދަށުގެ އަންހެން ކުދިގެންގެ 70 މީޓަރު ހާޑަލް އިވެންޓުން ނައިވާދޫ ސްކޫލްގެ ސިޔާނާ އަހުމަދު ޒިޔާދު ވަނީ މީޓް ރިކޯޑެއް ހަދާފައެވެ. މި އިވެންޓުގެ މީޓް ރެކޯޑް ސިޔާނާ އާކުރީ 13.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ކުރީގެ މީޓް ރެކޯޑަކީ 14.30 ސިކުންތެވެ.
އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޓްރިޕްލް ޖަމްޕްގެ އެއްވަނަ ހޯދާފައިވަނީ މިލަންދޫ ސްކޫލްގެ އަލީ އިޝަން އަހުމަދެވެ. މި އިވެންޓުގެ ދެވަނަވެސް ހޯދީ މިލަންދޫ ސްކޫލްގެ ދަރިވަރެކެވެ. އެއީ އަބްދުﷲ އަމްހަލް އިސްމާއިލްއެވެ. މި އިވެންޓުގެ ތިން ވަަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ މުހައްމަދު އަދްޔާން އާދަމްއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
