
ރެލިގޭޓުވެފައިވާ ސްޕެއިންގެ ރެއާލް ވަޔަޑޮލިޑް ވިއްކާލަން އެ ކުލަބުގެ ވެރިޔާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ ނިންމައިފިއެވެ. އޭނާ މި ގޮތަށް ނިންމީ ކުލަބުގެ ސަޕޯޓަރުން ނަތީޖާ ދަށްވުމާއި، ރޮނާލްޑޯ ކުލަބާ އަޅާ ނުލާ ކަމަށް ބުނެ ހުއްޓުމެއްނެތި މުޒާހަރާ ކުރަމުންދިއުމާ ވެސް އެކުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2019 ވަނަ އަހަރު އޭނާ ގަތް މި ކުލަބުގެ 51 ޕަސެންޓް ހިއްސާ ވިއްކާލަން އެއްބަސްވެ ރޮނާލްޑޯ މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެއީ 50 މިލިއަން ޑޮލަރަށްވުރެ ދަށް ނޫން އަގެއް ކަމަށްވެ އެވެ. ނަމަވެސް މީގެ ސާފު އަގު އަދި ވަނީ ސިއްރުކޮށްފަ އެވެ.
ރޮނާލްޑޯ ދެކެ ވަޔަޑޮލިޑްގެ ސަޕޯޓަރުން ރުޅިގަދަވީ މި ސީޒަނުގައި ވެސް ވަޔަޑޮލިޑް ރެލިގޭޓްވުމުންނެވެ. ސްޕެނިޝް ލީގުގެ 20 ކުލަބުގެ ތެރެއިން ވަޔަޑޮލިޑް އޮތީ ފުލުގަ އެވެ. ލިބިފައިވަނީ 38 މެޗުން 16 ޕޮއިންޓެވެ. ގެއްލުން 60ވުރެ ގިނަ ގޯލު އެބައޮތެވެ. ވަޔަޑޮލިޑްގެ ސަޕޯޓަރުން ރޮނާލްޑޯއާ މެދު ނުރުހެނީ އޭނާ ކުލަބު ގަތުމަށްފަހު ކުލަބަށް އިންވެސްޓް ނުކުރުމުންނެވެ. ސްޕޭނުގެ އެންމެ ގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯ މި ކުލަބު ގަތްއިރު ބުނީ ފަސް އަހަރު ތެރޭގައި ޗެމްޕިއަންސް ލީގު ކުޅެވޭ ފެންވަރަށް ކުލަބު ކުރިއަރުވާނެ ކަމަށެވެ. މި މުއްދަތު 2024 ވަނަ އަހަރަށް ފާއިތުވިއިރު އެކުލަބު ވަނީ އޭނާގެ ޒައާމަތުގައި ތިން ފަހަރު ރެލިގޭޓްވެފަ އެވެ.

ވަޔަޑޮލިޑްގެ ސަޕޯޓަރުން ބުނަނީ ރޮނާލްޑޯ ކުލަބަށް އަޅާނުލާ ކަމަށާއި ވަޔަޑޮލިޑް ކުޅޭ ގިނަ މެޗުތަކުގައި އޭނާ ދަނޑުން ނުފެނުމަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި މި ސީޒަނުގައި އޭނާ އެކުލަބު ކުޅޭތަން ބަލަން ގޮސްފައިވަނީ އެންމެ ތިން މެޗުގަ އެވެ. މިއަށްވުރެ ގިނައިން ރެއާލް މެޑްރިޑް ކުޅޭތަން ބަލަން ވެސް އޭނާ ދިޔަ އެވެ. މިހެންވެ ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް ޓެނިސް ބޯޅަ ވެސް ދަނޑަށް އުކާފަ އެވެ. އެއީ ވަޔަޑޮލިޑް ކުޅޭތަން ބަލަން ނައިސް ޓެނިސް ކުޅެން ގޮސް ހުއްޓައި ނޫސްވެރިން ރިޕޯޓްކުރުމުންނެވެ.
ބްރެޒިލަށް ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފޯވަޑެވެ. އަދި ފީފާގެ ރަސްމިއްޔާތުތަކުގައި ވެސް މިހާރު އެންމެ އިސްކޮށް ބައިވެރިކުރުވާ ކުރީގެ ލެޖެންޑަކީ އޭނާ އެވެ.
ދާދި ފަހުން ރޮނާލްޑޯ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ވެސް ކުރިމަތިލާން ކެމްޕޭންކޮށްފަ އެވެ. ނަމަވެސް އެކަން އޭނާ އަށް ނާކާމިޔާބުވީ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްގެ މާބޮޑަށް ބާރުގަދަވުމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
