
މެންޗެސްޓާ ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަޒީފާއިން ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ. ބީބީސީން ބުނީ ކުލަބުގެ ބައެއް މުވައްޒަފުންނަށް މިހާރު މިކަން އަންގައިފި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެން ތިބި މުވައްޒަފުންނަށް ވެސް އެމީހުންގެ ހިދުމަތް ބޭނުންނުވާކަން މަޑުމަޑުން އަންގަމުންދާނެ ކަމަށެވެ. ޔުނައިޓެޑް ހިންގުމާ މިހާރު ހަވާލުވެގެން އުޅޭ ޖިމް ރަޓްކްލިފޭގެ އިނިއޯސް ގްރޫޕުން މަސައްކަތް ކުރަމުންދަނީ އެކުލަބުގެ ހަރަދުތައް ކުޑަކުރުމަށެވެ. ސަބަބަކީ ކުލަބަށް މާލީ ގޮތުން ގެއްލުން ވަމުންދިއުމެވެ. އިނިއޯސްއިން މީގެ ދޮޅު އަހަރު ކުރިން ހަވާލުވިއިރު ޔުނައިޓެޑްގައި 1100 މުވައްޒަފުން ތިއްބެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ޕްލޭންގެ ދަށުން ފުރަތަމަ ބުރުގައި 250 މީހުން ވަނީ މަދުކޮށްފަ އެވެ. އަދި ހަރަދު ކުޑަކުރުމަށް ބައެއް އެހެން ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ.
މީގެ ތެރޭގައި ހެނދުނުގެ ނާސްތާ ހިލޭ މުވައްޒަފުންނަށް ނުދޭން ނިންމުން ހިމެނެ އެވެ. އަދި ކުރިން މުވައްޒަފުންނަށް ހިލޭ ދޫކޮށްލާފައިވާ ޕާކިން ޖާގަތަކުން ފީ ނަގަން ފެށުމާއި ކުލަބުން ފެނާއި ކަރަންޓަށް ކުރާ ހޭދަ ވެސް ކުޑަކުރުން ހިމެނެ އެވެ. އެންމެ ފަހުން ތައާރަފް ކުރި ކަމަކީ ކުޅުންތެރިންނަށް ހިލޭ ދޭ އެއާ ޓިކެޓާއި މެޗު ޓިކެޓް ވެސް މަދު ކުރުމެވެ. މި ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫރޮޕާ ލީގުގެ މެޗު ބަލަން ކުޅުންތެރިންގެ އާއިލާތަކަށް ދީފައިވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ޓިކެޓެވެ. އަދި ކުޅިބަލަން ހިލޭ ވަދެވޭ ޓިކެޓް ވެސް މަދުކޮށްފައިވެ އެވެ. ނަމަވެސް ގަންނަން ބޭނުންނަމަ އެފުރުސަތު ކުޅުންތެރިންނަށް ވަނީ ފަހިކޮށްދީފަ އެވެ.
މީގެ އިތުރުން ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ފަދަ ފަރާތްތަކަށް ދީފައިވާ އެމްބެސެޑަރުގެ ރޯލު އުވާލައި އެ ފައިސާ ވަނީ ހިފަހައްޓާފަ އެވެ. ޔުނައިޓެޑަށް އަންނަ ސީޒަނަކީ ވެސް މާލީ ގޮތުން ދަތި އަހަރަކަށް ވާނެ އެވެ. އެއީ 10 އަހަރު ތެރޭގައި އަނެއްކާ ވެސް ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ކުޅެން ފުރުސަތު ނުލިބުމާއެކު ގާތްގަނޑަށް 100 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކުރެވިފައިވުމެވެ. މީގެ އިތުރުން ޔުނައިޓެޑުން މިހާރު ވަނީ ބައެއް ކުޅުންތެރިން ވެސް ވިއްކާލަން ނިންމާފަ އެވެ. ސަބަބަކީ ނަތީޖާ ދަށްވުމާއި މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެން ނޫނީ އައު ކުޅުންތެރިން ޓީމަށް ގެނެވޭނެ މާލީ ޖާގަ ނެތުމެވެ.
ޔުނައިޓެޑްގެ މިހާރުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވަނީ ކުލަބުގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ އަސްލަނީ ނަތީޖާތައް ދަށްވުން ކަމަށެވެ. މިހެންވެ މުވައްޒަފުންގެ ވަޒީފާތައް ގެއްލުމުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭ ކަމަށެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި މި ސީޒަނުގައި ޔުނައިޓެޑް މިހާރު އޮތީ ވެސް 20 ޓީމުގެ ތެރެއިން 16 ވަނާގަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
