
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑް އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން އިންޓަރ މިލާން މޮޅުވެއްޖެ އެވެ. ގްރޫޕް އީ ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު އިންޓަރ މިލާނަށް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމު ވަގުތީ ގޮތުން ނަމަވެސް ލިބިފަ އެވެ. އުރާވާ ރެޑްސް އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ދެވަނައިގައި އޮތް ރިވަރ ޕްލޭޓް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އުރާވާ ރެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 11 ވަނަ މިނިޓުގައި އެ ޓީމުގެ ރަޔޯމާ ވަތަނަބޭ ވަނީ ލަނޑެއް ޖަހާ ޖަޕާނުގެ ޓީމަށް ކުރި ހޯދަދީފަ އެވެ. ޑިފެންސަށް ވަރަށް ބޮޑަށް އިސްކަން ދީގެން އުރާވާ ރެޑްސް އިން ކުޅުނު މި މެޗުގައި އެ ޓީމަށް ލިބޭ މަދު ފުރުސަތުތަކުގައި އިންޓަރ މިލާނުގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ. މި މެޗުގައި އުރާވާ ރެޑްސްގެ ގޯލަށް އަމާޒުކޮށް އިންޓާރ މިލާނަށް ފޮނުވާލެވުނު ފުރަތަމަ ފުރުސަތަކީ މެޗުގެ 77 ވަނަ މިނިޓުގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލަ އެވެ. އަދި މި ހަމަލާ އާއިއެކު އިންޓަރ މިލާނުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިންޓަރ މިލާން މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވަ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވެލެންޓިން ކާބޮނީ އެވެ. މިއީ އިންޓަރ މިލާނުގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައެއް އުރާވޭ ކުޅުންތެރިއަކު މަތަ ކުރުމުން ކާބޮނީއަށް ލިބުނު ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މި މެޗުން އުރާވާ ރެޑްސް ބަލިވުމާއިއެކު އެ ޓީމު ވަނީ މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިނުވެ މުބާރާތުން ކަޓާފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
