
ހދ. ކުޅުދުއްފުށީ ސިޓީގައި ކުރިޔަށްދާ އިންޓަރސުކޫލް އެތުލެޓިކްސް މީޓް 2025 ގައި ށ. އަތޮޅު މަދަރުސާއަށް މަރިޔަމް މީރާ އަޒްމީރު ފުރަތަމަ ރަންމެޑަލް ހޯދައިދީފިއެވެ. އޭނާ ރަން މެޑަލް ހޯދީ 17 އަހަރުން ދަށުގެ ސޮޓްޕުޓް އިވެންޓުގެ އަންހެން ކެޓަގަރީންނެވެ. އެއީ 6.74 މީޓަރު ދުރަށް ސޮޓްޕުޓް އެއްލާ 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިޝަތު އީމާ އަހުމަދެވެ. އޭނާ ވަނީ 6.38 މީޓަރު ދުރަށް ސޮޓްޕުޓް އެއްލައިގެން 8 ޕޮއިންޓް ހަމަކޮށްފައެވެ.
ތިންވަނަ ހޯދީ މަކުނުދޫ ސުކޫލުގެ ހައްވާ ހަމްސާ ހުސެއިން ތަސްލީމްއެވެ. އޭނާ ވަނީ 6.00 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެން 6 ޕޮއިންޓް ހޯދާފައެވެ. 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ޖެވެލިން ތްރޯގެ އެއްވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އަހުމަދު ޔޫއާން ބިން މުހައްމަދެވެ. އޭނާ އެއްވަނަ ހޯދީ 23.97 މީޓަރު ދުރަށް ޖެވެލިން އެއްލާ 10 ޕޮއިންޓް ހޯދައިގެންނެވެ.

ދެވަނަ ހޯދީ 23.97 މީޓަރުގެ ދުރަށް ޖެވެލިން އެއްލައިގެން އެކު 8 ޕޮއިންޓް ހޯދި ޖަލާލުއްދީން ސުކޫލުގެ ނައުހަން ނޫރުލް އަމީން އެވެ. ތިންވަނަ ހޯދީ 23.40 މީޓަރު ދުރަށް ޖެވެލިން އެއްލައިގެން 6 ޕޮއިންޓް ހޯދި މިލަންދޫ ސުކޫލުގެ އިބްރާހިމް ޒާލިފް އަބުދުالله އަފީފެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ހައިޖަމްޕް ކެޓަގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ހުސެއިން މިފްރާހް މުހައްމަދެވެ. އޭނާ ވަނީ 1.25 މީޓަރު އުހަށް ފުންމާ 10 ޕޮއިންޓް ހަމަކޮށްފައެވެ.
ހައިޖަމްޕްގެ މި ކެޓަގަރީގެ ދެވަނަ ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު ޝަޔާލް ބިން މުހައްމަދު ޝަހީދުއެވެ. އޭނާއަށް ދެވަނަ ލިބުނީ 1.21 މީޓަރު އުހަށް ފުންމައިގެން 8 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ މަނާން މުހައްމަދު ރަޝީދުއެވެ. އޭނާ ވަނީ 1.12 މީޓަރު އުހަށް ފުންމައިގެން 5 ޕޮއިންޓް ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
