
ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހޭންޑް ބޯޅަ ގްރައުންޑް ހިޔާކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އޮގަސްމަހުގެތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ. މުޖޭ ވިދާޅުވީ މިދޭތެރެއިން މަސައްކަތަށް ލަސްތަކެއް ދިމާވި ކަމަށާއި އެކަމަކު މިމަހު 15 ގައި އަނެއްކާވެސް މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށެވެ. ”ހިޔާކުރުމަށް ތައްޔާރުކުރި އެތި ތައްޔާރުކޮށްގެން ޝިޕް ކޮށްފިކަމަށް އެ ފަރާތުން ބުނަނީ. އިރާދުކުރެއްވިއްޔާ އޮގަސްޓްމަހުގެތެރޭގައި މިތަން ހިޔާކުރެވިގެން ފެށޭނެ ކަމަށް މި އުންމީދު ކުރަނީ“ މުޖޭ ވިދާޅުވިއެވެ.
މަރާމާތަށް މާލޭ ހޭންޑްބޯޅަ ކޯޓު ރޫޅާލާފައި އޮތުމުން އިތުރު އިންޑޯ ހޯލަކާއި ހޭންޑްބޯޅަ ގްރައުންޑްތަކުގައި އޮންނަކަހަލަ ސާފަސްއެއްނެތުމުން މުބާރާތްތަކަށް ފަރިތަކުރަމުން އަންނަނީ ވިނަ ދަނޑުތަކުގައެވެ. ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅައިގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު މީގެ ކުރިން ހޭންޑް ބޯޅަ ކޯޓު ހިޔާ ނުކޮށް އޮތުމުގެ ސަބަބުންވެސް މުބާރާތްތަކަށް ބުރޫއެރިއެވެ. ވިއްސާރަވުމުގެ ސަބަބުންނާއި އަވީގެ ސަބަބުން ހޭންބޯޅަ ކޮމިއުނިޓީއަށް ދިމާވަމުން ދިޔަ ދަތިތައް ހައްލު ކުރުމަށް ހޭންޑްބޯޅަ ކޯޓު ހިޔާކުރުމަށް ބޭނުންވާ ފައިސާ ކުޅިވަރު ވުޒާރާއިން ވަނީ ހަމަޖައްސަަދީފައެވެ.
ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ކުރިޔަށްދާތީ މިއަހަރު އިންޓަސުކޫލް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ލ އަތޮޅުގައި ކަމަށްވެސް މުޖޭ ވިދާޅުވިއެވެ. މުޖޭ ވިދާޅުވީ މިހާރު ބުޑުތައް އަޅާ ނިމިފައިވާކަމަށާއި އެތަނުގެ މަސައްކަތް އަވަސް ކުރުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މުޖޭ ވިދާޅުވީ މުސްތަގްބަލުގައި މާލެ ސަރަހައްދުން ފަސްތަނެއްގައި ހޭންޑް ބޯޅަ ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އޭގެތެރޭގައި ގުޅީފަޅާއި ހުޅުމާލެވެސް ހިމެނޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
