
މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފަ އެވެ. ދައުލަތުން ތަންފީޒު ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.
މިއާ އެކު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައިވާ 17 ބިލިއަން ރުފިޔާ އަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން، ކުރިން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
