
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭރުގެ 3 ޤައުމެއް ހިމެނޭހެން، ޖުމްލަ 4 ޕްރޮޕޯސަލެއް، ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އެޅުމުގެ މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ވަޒީރު ވިދާޅުވީ، އުއްމީދަކީ އަންނަ މަހުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުންކަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ އިޙްސާން ވިދާޅުވީ ޖަލުތައް އެއްކޮށްލުމުގެ މަޝްރޫޢުގެ ސަބަބުން %40، ހިންގުމުގެ ޚަރަދުން ކުޑަކުރެވޭނެކަމަށެވެ. އެންމެ ބޮޑު ބަދަލަކަށްވާނީ، ޖަލުތައް ބެލެހެއްޓުން ބައިނަލްއަޤްވާމީ ފެންވަރަށް ގެނެވި، ކުށުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙުސާން ވިދާޅުވީ، ހޯޕް އައިލެންޑް އަދި ސެންޓްރަލް ޖަލު އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝަޢުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، 4 ފަރާތަކުން ޝަޢުގުވެރިކަން ފާޅުކުރިކަމަށެވެ. އެއީ ރާއްޖޭގެ ކުންފުންޏަކާއި ރާއްޖެއިން ބޭރުގެ 3 ޤައުމަކުންނެވެ. “އެމެރިކާ، ޗައިނާ، މެލޭޝިއާ އަދި ދިވެހި ކުންފުންޏަކުން ވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައި. ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ. އުއްމީދަކީ ޖުލައި މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުން.” ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ޖަލުތައް ވަކިން ހިންގުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށެވެ. ދަޢުލަތުން ކުރާ ޚަރަދަށް ބަލާއިރު، އެންމެ ގައިދީއަކު ބެލެހެއްޓުމަށް މަހަކު 27 ހާސް ރުފިޔާ ޚަރަދުވާކަމަށް ވިދާޅުވިއެވެ. މިހާރު އެކި ރަށްރަށުގައި ޖަލުތައް ހުރުމުގެ ސަބަބުން، ކޯޓަށް ގެންދިއުމާއި މެޑިކަލް ކަންކަމާއި ލޮޖިސްޓިކްކަންކަމަށްވެސް ބޮޑު ޚަރަދެއް ކުރެއެވެ. އަދި ކޮންމެ ޖަލެއްގެ ޚިދުމަތްތަކަށް އެތައް މުވައްޒަފުންނެއް ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއީ ފޯކަސްއެއް އޮވެ، ނިމޭ ހިސާބު އެނގިގެން ފަށާ މަސައްކަތެއް. ޖަލުތައް އޮތީ އޯވަކްރައުޑްވެފައި. ރިހެބް ފަރުވާއަށް ޖާގައެއް ނެތް. މީހުން ހައްޔަރުކޮށް ބަންދުކޮށް ބައިތިއްބާ ތަނެއް މިހާރު އެއީ. ރިހެބް ތަންތަނެއް ނެތް.” ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ. ޔޫޓީއެފްގައި ޖަލު ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބްރިޖުން ގުޅޭ ތަނެއްގައި ޖަލު ތަރައްޤީކުރުމަށްކަމަށް ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، ޖަލުގައި ހުކުމް ތަންފީޒުކޮށް ނިކުންނަ ކޮންމެ މީހަކީ، ހަރުދަނާ، މުޖުތަމަޢަށް ފައިދާވާނެ މީހެއްގެ ގޮތުގައި ނިކުތުންކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
