
(ފޮޓޯ ކްރެޑިޓްސް: ތައުލީމީ ވުޒާރާ)
މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަމަށް ތަޢުލީީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ. ތަޢުލީީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 އިންސައްތަަ 5 މާއްދާއިން ފާސް ނުވާކަމަށެވެ. އެންމެ ދަށްވެގެން 5 މާއްދާއިން ސީ ފާސް ހޯދުމަކީ ތައުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުކަމަށާއި، އެހިސާބަށްވެސް ވާސިލް ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބަލާލުމުންވެސް ފެންނަނީ އެމަންޒަރުކަން ފާހަގަކުރައްވާ ތަޢުލީމީ ވަޒީރު ވިދާޅުވީ ދައުލަތުން ތައުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުންވެސް ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަމަށެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ މަދު އަދަދެއްގެ ދަރިވަރުންކަމަށެވެ. އެގޮތުން މަތީ އަރުތަ ވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން މަދުކަން ވަޒީރު ފާހަގަކުރެއްވިއެވެ. “2021-2022 މި އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޯލެވެލް ނިންމި ބެޗުގައި 840އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ. ޓޮޕްޓެން އަށް މިދަނީ 64 އިންސައްތަ. އޭލެވެލް އާއި ހަމައަށް ދާއިރު އޭލެވެލްގެ ޓޮޕްޓެންއަކަށް ރީޗެއް ނުވޭ. މި ދަރިވަރުންގެ ތެރެއިން 36 އިންސައްތަ ދަރިވަރުން އޯލެވެލް ޓޮޕްޓެންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގެ ތެރެއަށް ވަދެގެން ދަނީ 36 އިންސައްތަ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކަށީގެންވާ ނަތީޖާއެއް ހާސިލްނުވާކަމަށް ފާހަގަވުމާއެކު ޓީޗަރުންގެ ޕްރޮޕެޝަނަލް ޑިވެލޮޕްމަންޓުތަކަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށާއި ކަރިކިއުލަމް އަދި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށް ތަޢުލީމީ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
