
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ފައިނޭންޝިއަލް ރިވިއު)
މިދިޔަ އަހަރު ޕެންޝަނަށް ދައުލަތުން 1.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރު ޕެންޝަނަށް ދޫކުރި 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް، އެމްއާރްޕީއެސް އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކޮށްފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައަޅާފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.
ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ މައުލޫމާތުގެ މައްޗަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 165 މިލިޔަން ރުފިޔާ ވަނީ ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުން ދޫކުރި 146 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަން ދިން މިހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު އަންހެނުންނަށް 38 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 27 މިލިޔަން ރުފިޔާގައެވެ. އަދި ފިރިހެނުންނަށް މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 126 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރި އަހަރު މިއަދަދު އުޅެނީ 118 މިލިޔަން ރުފިޔާގައެވެ.
2024 ވަނަ އަހަރު ރިޓަޔަމަންޓް ޕެންޝަނަށް ދޫކުރި އަދަދު
• ފިރިހެނުން – 126 މިލިޔަން ރުފިޔާ
• އަންހެނުން – 38 މިލިޔަން ރުފިޔާ
2023 ވަނަ އަހަރު ރިޓަޔަމަންޓް ޕެންޝަނަށް ދޫކުރި އަދަދު
• ފިރިހެނުން – 118 މިލިޔަން ރުފިޔާ
• އަންހެނުން – 27 މިލިޔަން ރުފިޔާ

އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންގެ އަސާސީ ބޭނުންތަކަށް ދޭ ޕެންޝަނެކެވެ. މިދިޔަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު ކުރީ އަހަރު މި އަދަދު އުޅެނީ 1.2 ބިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 7 އިންސައްތަ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތުން ދޫކުރި އަސާސީ ޕެންޝަންގެ ތެރެއިން އަންހެނުންނަށް 638 މިލިޔަން ރުފިޔާ އަދި ފިރިހެނުންނަށް 635 މިލިޔަން ދޫކޮށްފައިވެއެވެ.
2024ގައި އަސާސީ ޕެންޝަނަށް ދޫކުރި އަދަދު
• ފިރިހެނުން – 126 މިލިޔަން ރުފިޔާ
• އަންހެނުން – 681 މިލިޔަން ރުފިޔާ
2023ގައި އަސާސީ ޕެންޝަނަށް ދޫކުރި އަދަދު
• ފިރިހެނުން – 593 މިލިޔަން ރުފިޔާ
• އަންހެނުން – 635 މިލިޔަން ރުފިޔާ
ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތައް ދައްކާގޮތުން އެހެނިހެން ޕެންޝަނަށް މިދިޔަ އަހަރު 364 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 358 މިލިޔަން ރުފިޔާގައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ޖުމްލަކޮށް ހުރިހާ ޕެންޝަނަށް އެއްކޮށް ދައުލަތުން 1.8 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ 2023 ވަނަ އަހަރު ޕެންޝަނަށް ދޫކުރި 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތަ އިތުރު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
