
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ތިން ބާރުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތާ (އީ3ގެ ޤަައުމުތައް) އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. އީރާނުން އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އީޔޫގެ އިސް އޮފިޝަލުންނާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވާފައި މި ވަނީ، ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ މެދުއިރުމަތީގައި ޔަހޫދީން ފަށާފައިވާ ހަނގުރާމަ ފުޅާވިޔަ ނުދިނުމަށެވެ.
އިސްވެ ޖޫން 13ވަނަ ދުވަހު އީރާނަށް ޙަމަލާ ދޭން ފެށީ ޔަހޫދީންނެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކު ފަށާފައިވާ ޢުދުވާނެއް ކަމުގައި ބެލެވެއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މައި މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންނަށެވެ. އީރާންގެ ދިފާޢީ އަދި އަސްކަރީ މަރުކަޒުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޔަހޫދީންގެ ނިރުބަވެރި އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވެސް ދަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި އީރާނާއި އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިލާތުގެ ބާރުތަކުން ވަނީ އެމެރިކާއާ އެކު ކުރަމުން ދިޔަ މަޝްވަރާތައް އަލުން ފެށުމަށް އީރާނަށް ބާރު އަޅާފައެވެ. އީރާނާއި އެމެރިކާއާ ދެމެދު އޭޕްރިލް މަހުން ފެށިގެން މަޝްވަރާ ކުރަމުން ގޮސްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު މަޑުޖައްސައިލުމާ ގުޅޭ ގޮތުންނެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން ބޭރަށް ބަދަލު ކުރުމާ ގުޅޭ ގޮތުންނެވެ. ނަމަވެސް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އިންކާރު ކޮށްފައެވެ.
ނަމަވެސް، ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެފައިވާ ކަމުގައި ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޜޯން-ނޮއޭލް ބާޣޫ ހާމަކުރެއްވިއެވެ. “އީރާންގެ ޚާރިޖީ ވަޒީރު ވަނީ ނިއުކްލިޔަރ ޕުރޮގުރާމުގެ އިތުރުން ބޮޑެތި އެހެން މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަން ހާމަކުރައްވާފައި، އަޅުގަނޑުމެން ޤަބޫލު ކުރަނީ އެމެރިކާއާ އެކު މަޝްވަރާ ކުރުމުގައި އީރާނުން ދެމިއޮންނާނެ ކަމަށް، އަދި އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް،” ބާޣޫ ވިދާޅުވިއެވެ.
ޢަރާޤިޖީ ވިދާޅުވީ، އުފެދިފައިވާ މައްސަލައަށް ޚާރިޖީ ހައްލެއް ހޯދުމަށް އީރާނުން ބޭނުންވާ ކަމުގައެވެ. ނަމަވެސް، އެ ކަމާ މެދު މަޝްވަރާ ކުރަން ފަށާނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. “އެ ކަމާ ގުޅޭ ގޮތުން އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން، އީރާންގެ ދިފާޢަށް ހިންގާ ޕުރޮގުރާމުތައް ހުއްޓައިލުމަކީ ބަލައިގަނެވޭނެ ޝަރުޠެއް ނޫން ކަން، އަދި އެ ކަމާ މެދު މަޝްވަރާ ވެސް ނުކުރާނެ ކަން،” ޢަރާޤިޖީ ވިދާޅުވިއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކަށް އެ މީހުން ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ނެތް ނަމަވެސް، އީރާނާއި އީ3ގެ ޤައުމުތަކާ ދެމެދު އިތުރު މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިތުރު ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚު އިޢުލާނު ކޮށްފައެއް ނެތެވެ. އީރާނާއި އީ3ގެ ޤައުމުތަކާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވާފައި މި ވަނީ، އީރާނަށް ޙަމަލާ ދިނުމުގައި ޔަހޫދީންނާ ބައިވެރިވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭޭގައި އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމުގައެވެ. އީރާނާ އެކު މަޝްވަރާތައް ފެށުމުގެ ކުރިން އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ވެސް މަޝްވަރާ ކުރައްވާފައެވެ. އީރާނާ އެކު މަޝްވަރާތައް ބާއްވައި، ޚާރިޖީ ހައްލެއް ހޯދުމަށް ވޮޝިންގޓަނުން ބޭނުންވާ ކަން ރޫބިޔޯ ހާމަކުރައްވާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
