
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ބްރެޒިލްގެ ފްލެމިންގޯ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ. ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ފަންސާސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ކޯޗު އެންޒޯ މަރެސްކާ ވަނީ ބަދަލުތަކެއް ޓީމަށް ގެނެސްފަ އެވެ. އެގޮތުން އާންމުކޮށް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެމުން އަންނަ ފޯވަޑް ނިކޮލަސް ޖެކްސަންގެ ބަދަލުގައި ފުރަތަމަ ޓީމުން ޖާގަ ދީފައިވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ލިއާމް ޑެލަޕް އެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. އަދި އެ ޓީމަށް ވަނީ ލީޑު ފުޅާ ކުރަންވެސް ރަގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބި ބޭކާރުވެފަ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި ފްލެމިންގޯގެ ބްރޫނޯ ހެންރީކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ ނަތީޖާ އެއްވަރުވިތާ ދެ މިނިޓު ފަހުން މަރެސްކާ ވަނީ އެ ޓީމުގެ ފޯވަޑް ލައިން ވަރުގަދަކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ލިއާމް ޑެލަޕްގެ ބަދަލުގައި ނިކޮލަސް ޖެކްސަން ކުޅެން އަރުވާފަ އެވެ. ފްލެމިންގޯ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ޑެނީލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަދި އޭގެ ތިން މިނިޓު ފަހުން ނިކޮލަސް ޖެކްސަން ކުރި ފައުލަކާއި ގުޅިގެން ކުޅެން އެރިތާ ހަތަރުވަނަ މިނިޓުގައި ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މި މެޗުގެ ފްލެމިންގޯ ކޮޅަށް އެނބުރިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ހަ މިނިޓުގެ ތެރޭގަ އެވެ. ފްލެމިންގޯ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަލަސް ޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާ އާއިއެކު މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޗެލްސީ އަށް ޖެހޭނީ ގްރޫޕުގެ ފަހު މެޗުގައި މޮރޮކޯގެ ތޫނިސް އަތުން މޮޅުވާށެވެ. ފްލެމިންގޯ އަސް ވަނީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
