
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ނައިބު ރައީސް މިފަދައިން ވިދާޅުވީ، 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ދެއްވި ތަޤްރީރުގައެވެ.
“ޖޮއިން ހޭންޑްސް ފޯރ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް” ގެ ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމްގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމްވަނީ ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު 5 ނުކުތާއެއް ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުމާއި، ފެހި އިޤްތިޞާދީ ތަރައްޤީއާއި، ބަދަހި އިޤްތިޞާދީ ގުޅުމާއި، އިންސާނީ ތަރައްޤީއާއި އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރާއްޖެއަކީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި މި މާރެސްއަށް މަސައްކަތްކުރާ ޤައުމެއްކަން ނާޡިމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ދެކެނީ، ހުޅުވާލެވިފައިވާ، ހުރިހާ ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްޤީއެއް ކަށަވަރުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. ޗައިނާގެ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް ނާޡިމް ވިދާޅުވީ، ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެޤައުމެއްގެ ޚާއްޞަ ޙާލަތަށް ބައްޓަން ކުރެވިދާނެ ނަމޫނާއެއްކަމަށެވެ.
އަޙްމަދު ނާޡިމްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ތަރައްޤީއަކީ، ސްޓްރެޓެޖީއެއް ނޫންކަމަށާއި، އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެއްކަމަށެވެ. އަދި އެ ވަޢުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އެކަހެރި ނުކުރެވޭނެ ޝާމިލު މަސައްކަތެއްކަން ޔަޤީންކުރަންޖެހޭ ވަޢުދެއް ކަމުގައި ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
