
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކުލަބު ވޯލްޑް ކަޕުގައި އިއްޔެ ބްރެޒިލްގެ ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ފްރާންސްގެ ޕީއެސްޖީ ބަލިވެއްޖެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕީއެސްޖީ އަތުން މޮޅުވެ ބޮޓަފޯގޯ ވަނީ ގްރޫޕް ބީ ގެ އެއްވަނަ ހޯދާފަ އެވެ. އެ ޓީމަށް ވަނީ ގްރޫޕް ގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި ޕީއެސްޖީ އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ޕަސަޑޭނާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ފަންސާސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ބޮޓަފޯގޯއަށް ކާމިޔާބުކޮށްދީފައިވަނީ އިގޯ ޖީސުސް އެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީން މި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމެދިޔަ ނަމަވެސް ބޮޓަފޯގޯގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތް ޕީއެސްޖީއަށް ވަނީ ނުވެފަ އެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެންރީކޭ ވަނީ އެއް ފަހަރާ އެ ޓީމަށް ތިން ބަދަލު ގެނެސްފަ އެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ގެނެވޭގޮތް ވަނީ ނުވެފަ އެވެ. ޕީއެސްޖީ އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖުމްލަ 19 ލަނޑު ޖަހާފައިވާއިރު މި މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމުން ބޮޓަފޯގޯގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
