
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 ގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އާއި، އިޔަން އަޙްމަދު އަދި އާމިން އުމަރު މޫސާ ހޯދައިފިއެވެ. މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އާމިންއެވެ. އާމިން މި ކެޓަގަރީގެ އެއްވަނަ ހޯދީ 13.76 ގެ ސްކޯއަކުން ކުޑަ އައްޔަ ބަލިކުރުމަށްފަހުއެވެ. މެންސް އޯޕަން ކެޓަގަރީގެ ތިންވަނަ ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އާއި އަޙްމަދު ނަޒްމީންއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ޖޫނިއަރ މެންސް ކެޓަގަރީގެ އެއްވަނަ ހޯދީ އިޔަން އަޙްމަދެވެ. އިޔަން ފައިނަލްގައި ވާދަކޮށް އެއްވަނަ ހޯދީ 13.00 ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދީ މުޙައްމަދު އަޒާން އަޙްމަދެވެ. ޖޫނިއާ މެންސް ކެޓަގަރީގެ ތިންވަނަ ހޯދާފައިވަނީ ނޫހު މުޙައްމަދު ދުނެއިމް އިރުޝާދު އާއި މުޙައްމަދު ލިބާންއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މުބާރާތުގެ ޑްރޮޕްނީ ކެޓެގަރީގެ އެއްވަނަ ހޯދީ ކުޑަ އައްޔައެވެ. އޭނާ މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިންއާ ވާދަކޮށް 11.00 ގެ ސްކޯއަކުންނެވެ. ޑްރޮޕްނީ އިވެންޓުގެ ތިންވަނަ ހޯދީ ދާއިން އަބުދުލް ފައްތާހު އާއި މުޙައްމަދު އަޒާން އަޙްމަދެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް)
މި މުބާރާތުގެ ތިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އެތުލީޓުން ބުނީ މި އަހަރުގެ ބުރުނު ޝިކާރު ޗެލެންޖަށް ނިކުތީ ޗެމްޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމާއެކުގައި ކަމަށެވެ. މި މުބާރާތުގައި ޖުމުލަ 23 އެތުލީޓުން ވާދަކުރިއެވެ. އެގޮތުން މެންސް އޯޕަން ކެޓެގަރީގައި 23 އެތުލީޓުން ވާދަކުރިއިރު، ޖޫނިއަރ މެންސް އޯޕަން ކެޓެގަރީގައި ވާދަކުރީ 9 އެތުލީޓުންނެވެ. އަދި ޑްރޮޕްނީ ކެޓެގަރީގައި ވާދަކުރީ 9 އެތުލީޓުންނެވެ. ދެން އެންމެ އަވަހަށް ބޮޑީބޯޑިން މުބާރާތެއް ބާއްވާނީ އޮގަސްޓް މަހު ފުވައްމުލައް ސިޓީގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ އަމާޒަކީ މިއަހަރުގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް މުބާރާތްތަކަށް އައު އެތުލީޓުން ނެރުމެވެ. އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ މިއަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނު ކަމަށާއި، ކުރިޔަށް އޮތް މުބާރާތްތައްވެސް މިހާ ފޯރީގައި ކުރިޔަށް ގެންދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަކީ ގައުމީ ބޮޑީބޯޑިން ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތެވެ. މިއީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކާމިޔާބުކަމާއެކު ނިންމާލެވުނު މުބާރާތެއް ކަމަށް އެމްބީބީއޭގެ ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
