
(ފޮޓޯ ކްރެޑިޓްސް: އެންބީއޭ)
ބާސްކެޓްބޯޅައިގެ ޝަރަފުވެރި ތަމްރީނެއް ކަމަށްވާ ބާސްކެޓްބޯލް ވިތައުޓް ބޯޑަރސް އޭޝިއާ ކޭމްޕަށް މި ސަރަހައްދުން ހޮވި 10 ކުދިންގެ ތެރޭގައި ރާއްޖޭގެ އަރަމުން އަންނަ އުއްމީދީ ކުޅުންތެރިޔާ ފާތިމަތު ޝުބާ ޝުޖާއު ހިމެނިއްޖެއެވެ. 15 ވަނަ ބާސްކެޓްބޯލް ވިތައުޓް ބޯޑާރސް އޭޝިއާ ކޭމްޕު މިއަހަރު ކުރިއަށްދަނީ ސިންގަޕޫރުގައެވެ. ބާސްކެޓް ބޯޅައިގެ މިކޭމްޕަކީ ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ) އާއި އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ) ގުޅިގެން މިސަރަހައްދުގެ ހޮވާލެވޭ މޮޅެތި އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބާސްކެޓްބޯޅައިގެ ޝަރަފުވެރި ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ކޭމްޕަށް ކުޅުންތެރިން ހޮވާފައިވަނީ އެކުޅުންތެރިންގެ ހުނަރުވެރިކަމަށް އިސްކަންދީގެންނެވެ.
މި ޝަރަފު ޝުބާއަށް ލިބިފަވަނީ މިސަރަހައްދުން ހޮވި 10 ކުދިންގެ ތެރެއިން ފުރުސަތު ލިބިގެންނެވެ. މިކޭމްޕަށް ހޮވުނު 10 ކުދިންނަކީ އެކުދިންގެ ހުނަރާ ކުޅުމަށް ބެލުމަށްފަހު އެންމެ މޮޅުކަމަށް މިސަރަހައްދުން ހޮވާލެވުނު ދިހަ އެތުލީޓުންނެވެ. އަދި ރާއްޖޭގެ އުންމީދީ ތަރި ޝުބާއަށް މި ޝަރަފު ލިބިފައިވަނީ އެންބީއޭ އަދި ފީބާއިން އޭނާގެ ހުނަރާއި ހިންގުންތެރިކަމަށް ބެލުމަށްފަހުއެވެ. 15 ވަނަ ބާސްކެޓްބޯލް ވިތައުޓް ބޯޑާރސް އޭޝިއާ ކޭމްޕު ކުރިއަށްދާނީ މިމަހުގެ 19 އިން 22 އަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
