
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އެތުލީޓުން ރިޓަޔާވުމަށްފަހު ކުރާނެ ކަމެއް ހޯދައިދިނުމަށް ޕްރޮގުރާމުތަކެއް ރާވަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމާ ޖާރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ އެތުލީޓުންނަށް ކުޅިވަރާ އެއްވަރަށް ތައުލީމުވެސް މުހިންމުކަމަށެވެ. އެހެންކަމުން ކުޅިވަރު ފަންޑުގެ ދަށުން އެތުލީޓުންނަށް ލިބިގެންދާ ސްކޮލާރޝިޕްތަކަކީ ކުޅިވަރާ އެއްވަރަށް ތައުލީމަށްވެސް އިސްކަންދެވިގެން ހޯދައިދެވޭ ފުރުސަތަކަށް މީގެ ފަހުން ވެގެންދާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރުގެ ވާހަކައިގައި ވިދާޅުވީ އެތުލީޓުންނަށް ކުރިއެރުން ހޯދައިދިނުމަށް އެވުޒާރާގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ރާވާ ތަންފީޒުކުރަމުންދަކަމަށެވެ. އެގޮތުން މޮޅެތި އެތުލީޓުން ރިޓަޔަރވުމަށްފަހު ކުރާނެ ކަމެއް ހޯދައިދިނުމަށް ޕްރޮގްރާމުތަކެއް ރާވަމުންދާކަމަށް ކުޅިވަރު ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
“ކެރިއަރ ނިންމާލާ ހިސާބުން، ރިޓަޔަރކުރާ ހިސާބުން ދެން ކުރާނީ ކޮންކަމެއްތޯ، އެހެންވީމަ އެކަމަށްޓަކައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕްރޮގްރާމެއް ހިންގަން އެބަ މަސައްކަތްކުރަން. އެއީ ރިޓަޔަރކުރުމުގެ ކުރިން އެކުއްޖެއްގެ ހުރި ޓްރާންސްފަރަބްލް ސްކިލްއަކަށް އިންވެސްޓް ކޮށްދިނުން، މާނައަކީ އެހެން އިތުރު އެއްޗެއް ކިޔަވަން ބޭނުންވިޔަސް އެއެއްޗެއް ކިޔަވައިގެން ކުޅުން ނިންމާލާފަ އެކަމެއްގަ އުޅުން. އެއީ ކޯޗިން ވިޔަސް، ލޯކަހަލަ އެއްޗެއް ހެދިކަމަށް ވިޔަސް” ވަޒީރު ރާފިޢު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިފުރުސަތު ފަހިކޮށްދެވޭނީ ވަކި އުސޫލެއްގެ ދަށުންކަމަށެވެ. މިގޮތުން ވަކި ލެވެލްއަކަށް އެތުލީޓުން ކުޅެ، ކަނޑައެޅޭ ވަކި ކްރައިޓީރިއާއަކަށް ފެތުމުން ރިޓަޔަރކުރާ އެތުލީޓުންނަށް އެފުރުސަތު ފަހިވެގެންދާނެކަމަށެވެ. އެހެންކަމުން އެތުލީޓުން މޮޅަށް ކުޅެ، މި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ވަޒީރު ވަނީ އެތުލީޓުންނަށް އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
