
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބުނު ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި، މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުން ހިމެނޭތީ، އެ މީހުން ޝަރުތު ހަމަނުވާ ކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފި އެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު “މިހާރު” އަށް މިއަދު ވިދާޅުވި ގޮތުގައި 4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނިފައި ކުރިން އޮތަސް ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ހަތަރު ހާސް ފްލެޓަށް އެދުނު މީހުންގެ ތެރޭގައި އެބަތިބި އެ މީހެއްގެ އަމިއްލަ ނަމުގައި އެހެން ފްލެޓެއް ހުރި މީހުން. މިސާލަކަށް ވިނަރެސް ވިޔަސް ހިޔާ ފްލެޓެއް ވިޔަސް ކުރިން ލިބިފައި އޮތިއްޔާ 4،000 ފްލެޓުގެ ތެރޭގައި އެ މީހަކު ނުހިމެނޭނެ ކަން މިހާރު މި އަންގަނީ. ޝަރުތު ހަމަނުވާކަން އަންގަނީ،” އޮފިޝަލް ވިދާޅުވި އެވެ. އެކަން ބެލީ އޭނާ ވިދާޅުވިގޮތުގައި ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގަ އެވެ. ބޯހިޔާވަހިކަމަށް ސަރުކާރުތަކުން ހުޅުވާލާ ހުރިހާ ސްކީމެއްގައި ވެސް ފްލެޓް ހަވާލުކުރަން ބަލާއިރު، އިތުރު ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅަ އެވެ. ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، އޭގެ ތެރެއިން އެކަކު ފްލެޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގަ އެވެ. އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ. ފްލެޓްތަކާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔުންތަކެއް ކަން ސާބިތުވާ ނަމަ އެ މީހެއްގެ ފޯމު ބާތިލް ކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާ ކަން ސާބިތުވެއްޖެ ނަމަ އެ މީހެއްގެ ފޯމު ވެސް ބާތިލް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދެމަފިރިއަކަށް ފްލެޓް ލިބިފައިވާ ނަމަ ފްލެޓް ލިބޭނީ އެ ތަނުން އެކަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އެގޮތަށް އުނިކުރާ މީހުންގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސް އަށް ވުރެ މަތިން ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަށް ދާ މީހުންގެ މެދުގައި ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވެ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
