
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ކޮންގް ޝިންހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ، ގާތް ރަހުމަތްތެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމާއި، ތަރައްޤީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބާރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ދުވަހުން ފެށިގެން ޗައިނާއިން ވަނީ ރާއްޖޭގެ މުހިންމު ޢުމްރާނީ ތަރީއްޤީގެ ގިނަ މަޝްރޫޢުތަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ސިނަމާލެ ބުރިޖު އަޅާފައިވަނީ ޗައިނާގެ އެހީތެރިކަމާއެކުއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
