
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ކޮންމެ ރަށެއްގައި މޯލްޑިވްސް ކޮލިޕިކޭޝަން އޮތޯރިޓީގެ ޢިމްތިޙާނު ހަދާ މަރުކަޒެއް ޤާއިމްކުރުމަކީ އަމާޒެއްކަމަށް އެ އޮޓޯރިޓީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރަށްރަށުގައި ޢިމްތިޙާނު ހަދާ މަރުކަޒުތައް ތަރައްޤީކުރާނީ ކައުންސިލްތަކުގެ އެއްބާރުލުމާއެކުގައިކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ފިޒާނާ ވިދާޅުވީ ރަށްރަށުގައި ހަދާ އިމްތިހާން ހެދުމުގެ މަރުކަޒުތައް ކައުންސިލްތަކާ ގުޅިގެން ތަރައްޤީކުރި ނަމަވެސް އެތަންތަން ހުންނާނީ އެމްކިއުއޭގެ މިންގަނޑުތަކާއެއްގޮތަށް ކަމަށެވެ. އަދި މިފަދަ ތަންތަން ރަށްރަށުގައި ތަރައްޤީ ކުރުމުން ރަށްރަށުގައި އެކި އިންސްޓިޓިއުޓްތަކުން ކުރިއަށްގެންދާ ކޯސްތަކުގެ އިމްތިހާނުތައް ރަށުގައި ތިބެގެން ހެދޭނެކަމަށެވެ.
“އެކި ކޯސްތައް ކުރިއަށްގެންދާ ކުދި އިންސްޓިޓިއުޓްތަކުން ކުޑަ ފީ އެއް ދައްކައިގެން އިމްތިހާނުތައް ކުރިއަށްގެންދެވޭނެ. އެގޮތުން ކޮންމެ ތަނަކަށްވެސް ރަޖިސްޓްރީވެގެން އެގްޒާމް ކުރިއަށް ގެންދެވޭނެ. ދެރަށުން އެއް ރަށުގައި އެގްޒާމް ސެންޓަރެއް ޤާއިމްކުރެއްވިއްޖެނަމަ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ.” އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވިއެވެ. އޮންލައިންކޮށް ނަގާ އިމްތިހާނުތައް މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އެމްކިއުކޭއިން އަންނަނީ ކުރަމުންނެވެ. އޮންލައިން އިމްތިހާނުތައް މޮނިޓަރކުރެވޭނެ ހަރުދަނާ މެކޭނިޒަމެއް ޤާއިމްކުރެވުމާއެކު، އޮންލައިންކޮށް ނަގާ އިމްތިހާނުތަކަކީ އެންމެ އެކަށޭނަ ގޮތަކަށް ނެނގޭ އިމްތިހާނުތަކެއްކަން ކަށަވަރުކުރުމަށް މަގުފަހިވާނެއެވެ.
ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިންގެ ދަށުން އޮންލައިންކޮށް ކިޔަވައިދިނުމާއި ޢިމްތިޙާނު ނެގުން މަނާ 7 ދާއިރާއެއް އޮވެއެވެ. މި 7 ދާއިރާއަކީ މެޑިސިން އެންޑް ޑެންޓިސްޓްރީ، ޕްރެކްޓިކަލް ޑިސިޕްލިން އޮފް ހެލްތު ސައިންސަސް، ނާސިން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން، އިންޖިނިއަރިން، އާކިޓެކްޗަރ އަދި ޓީޗިންއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
