
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައ،ި “މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025” އިފްތިތާހުކޮށްފިއެވެ. ސާފު ރާއްޖެ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރ،ު ޠާރިޤު އިބްރާހީމެވެ. އަދި ވަޒީރު ވަނީ މަހާސިންތާގެ ރަސްމީ ބްރޭންޑިންއާއި ވެބްސައިޓް އަދި ސޯޝަލް މީޑިއާ ހޭންޑްލްތައް ތަޢާރަފު ކޮށްދެއްވާފައެވެ.
މީގެ އިތުރުން މިހަފްލާގައި މަހާސިންތާ ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް “އިވެންޓް މޯލްޑިވްސް” އާއި ޙަވާލުކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާއަކީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލ،ް އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ އިތުރުން ކުނިމެނޭޖްކުރުމާއި ގުޅުންހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭހެން 500 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރ،ު ޠާރިޤު އިބްރާހީމް ވިދާޅުވީ މަގޭ ސާފު ރާއްޖޭ ޤައުމީ މަހާސިންތާއަކީ ބޮޑުވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަތުންކަމަށެވެ. ވަޒީރު ވިދާޅުވީ މީ ވަރަށް މުހިންމު ވަރަށް އިސްކަމެއްދީގެ ކުރިއަށް ގެންދާ މަސައްކަތެއްކަމަށާއި މި ޕްރޮގްރާމްގެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމާއި މި މި ޕްރޮގްރާމްގެ ދަށުން މި އަހަރު ހިނގޭ އެންމެ މުހިންމު މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
” މިކަންތައްތައް ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ގެންދާގޮތް އަޅުގަނޑުމެން ހުރިހާ އެންމެން ދެނެގަނެ އަޅުގަނޑުމެން އެއް ޑިރެކްޝިނަކަށް އެއް މިޝްރާބަކަށް މަސައްކަތްކޮށް ކުނިމެނޭޖްކުރުމުގެ ކަންތައްތައް އަޅުގަނޑުމެން އެންމެ އެދޭގޮތައް ރައީސުލްޖުމްހުރިއްޔާގެ ޓާރގެޓައް މަސައްކަތްކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތޭ މީ މަހާސިންތާއަކީ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ކުނި މެނޭޖުކުރުމަށް ރަށުފެންވަރާއި އަދި އަތޮޅު ފެންވަރުގައި މިވަގުތު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ ސައްޙަ މައުލޫމާތު ކައުންސިލުތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. ވަޒީރު ތާރިގް ވިދާޅުވީ މިހާރު ހިނގަމުންދާ އަދި ކުރިއަށް ރޭވިފައިވާ ކުނި މެނޭޖުކުރުމުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުން ހޯދޭ ނަތީޖާއާއ،ި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އެކި ފަރާތްތަކުގެ ދައުރު ފުރިހަމަގޮތުގައި އަދާކޮށ،ް ކުނި މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑުގެ މައުލޫމާތާއި އެކި ރަށްރަށުގެ ތަޖުރިބާ އާއި ކާމިޔާބީގެ މައުލޫމާތުގެ މައްޗައް ބިނާކޮށްގެން މެނުވީ ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ނުކުރެވޭނެ ކަމަށެވެ.
“މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ” ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖުލައި އިން 23 ޖުލައި 2025އެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
