
(ފޮޓޯ ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ އަދި ހދ އަތޮޅަށް ވަޑައިގެންފިއެވެ. އަދި މިދަތުރުގައި 2 އަތޮޅުގެ ޒިޔާރަތްކުރައްވާ ރަށްރަށުގެ ކައުންސިލާ ބައްދަލު ކުރުންވެސް ހިމެނެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ އެއަތޮޅު އުލިގަމާއި ކެލައަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންތަކުގައި ކައުސްސިލްތަކުންވަނީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީންތަކާއި، ލުއި ލޯނުގެ ފުރުޞަތުތައް އިތުރަށް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ވަނީ ޙިއްސާކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ކެލާ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ އެރަށުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މަޝްރޫއެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވަޒީރު ވަނީ މިދަތުރުފުޅުގައި ދަނޑުވެރިކަން ފުޅާދާއިރާއެއްގައި އެއަތޮޅުގައި ކުރިއަށްގެންދާ މާފައްސަށް ވަޑައިގެން އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިޔަށްގެންދާގޮތް ބައްލަވައިލައްވާފައެވެ. އެގޮތުން އެރަށުގައި ޤާއިމްކޮށްފައިވާ ގްރީން ހައުސްތަކާއި، ލެބޯޓްރީގެ މަސައްކަތްތައް ބައްލަވައިލައްވައި މަޢުލޫމާތު އޮޅުންފިލުވައިފާވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުގެ މިދަތުރުފުޅުގެ ތެރެއިން ހދ. އަތޮޅުން އެކަމަނާ މިހާތަނަށް ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ހަނިމާދޫއަށް ވަޑައިގެން ކާބޯތަކެތީގެ ރަށްކާތެރިކަމަށް ހަނިމާދޫގައި ކުރެވިދާނެ ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް، 50 ބަނބުކެޔޮ ގަސް ވެސް ވަނީ މިދަތުރުފުޅުގެ ތެރެއިންވަނީ ހަދިޔާކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން އެވުޒާރާއިންދަނީ ކުރަމުންނެވެ. މީގެ އިތުރުން ރިސޯޓުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ފަށައިފައެވެ. އަދި ރިސޯޓުތަކުގައި ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ބައްލަވާލައްވާފައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ރިސޯޓުތަކުން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަން ފާހަގަކުރެވިފައިވާކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
