
ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެއްޖެއެވެ. ނަވީން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ މިހާތަނަށް އެކަމަކަށް ހައްލެއް ނުގެނެވި، ގިނަ ދުވަސްތަކެއް ވެފައިވާ ޤައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއްގައިވެސް ހައްލުކުރުމަށް މަސައްކަތްކުރާ މައްސަލައެއް ކަމަށާއި ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުތައް ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތަކާއެކު މަސްތުވާތަކެތި ހުއްޓުވުމަށް އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ފުލުހުންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއަށްވެސް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ވަރަށް ބޮޑެތި މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރެވިފައިވޭ. އަދި ވަރަށް ބޮޑެތި އަދަދުތަކުން ޑްރަގް ހޯދާފަވެސްވޭ. އެކަމަކު އަޅުގަނޑުމެންގެ ތަހުގީގުކުރުމުގެ ވައްޓަފާޅިއާ އެއްޗެހި ހަމަގައިމުވެސް ބަދަލުކުރާނަން. ފައިސާ ހޯދާ ތަނަކާއި އެ ގެންނަ ފަރާތްތަކުން ފައިސާ ގެންގުޅޭގޮތާއި މިހުރިހާ އެއްޗެއް ތަހުގީގުގައި އަޅުގަނޑުމެން އިތުރަށް ހަރުދަނާ ކުރާނަން. މިހާރުވެސް އެމަސައްކަތް އެބަކުރަން. ފައިނޭންޝަލް އެނަލިސިސް ހެދުމަށް ބޭނުންވާ ތަޖުރިބާއާއި ހުރި ފަރާތްތައް ރާއްޖެއިން ބޭރުން ރާއްޖެ ގެނައުމާއި ރީޓްރެއިން ކުރުމުގެ މަސައްކަތް ފަށައިގެ ކުރިއަށް ދަނީ،” ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތައް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑު މަދުކޮށް، އެ ބޭނުން ކުރާ ފަރާތްތަކަށް ދޭންޖެހޭ ފަރުވާ ދެވިގެން ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ފޮނުވާ މުދާތަކުގައި ފޮރުވައިގެން މަސްތުވާތަކެތި މިހާރު އެތެރެކުރާކަން ފާހަގަކުރައްވައި ސީޕީ ނަވީން ވިދާޅުވީ އެކަން ހުއްޓުވުމަށް ސަރަހައްދީ ޤައުމުތަކާ ގުޅިގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، އިންޑިއާ އަދި ސްރީލަންކާއާއެކު މަސައްކަތްތައް ކުރައްވަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި މެލޭޝިއާ އަދި ތައިލެންޑާއެކުވެސް މަޝްވަރާ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
