
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މިމަހުގެ މިހާތަނަށް ރާއްޖެއަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް މުޅި ޖުމްލަ 80,909 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 69,317 ފަތުރުވެރިންނާއި އަޅާބަލާއިރު 16.7 އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,047,267 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 961,560 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 8.9 އިންސައްތަ އިތުރުވުމެކެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ޤައުމަކުން ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެއީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:
* ޗައިނާ – 127,702 ފަތުރުވެރިން
* ރަޝިއާ – 117,953 ފަތުރުވެރިން
* އިނގިރޭސިވިލާތު – 104,098 ފަތުރުވެރިން
* އިޓަލީވިލާތު – 84,458 ފަތުރުވެރިން
* ޖަރުމަންވިލާތު – 79,696 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު 1,205 ތަނެއް ވަނީ ހުޅުވާފައެވެ. އަދި ޖުމްލަ އެނދުގެ އަދަދަކީ 64,087 އެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6000އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވަސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
