
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޙާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާ ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ ޚާމަނާޢީ ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ރާވައި، މަސައްކަތް ކުރަމުންދާ ކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެމެރިކާއިން ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީންގެ ރޭވުމަށް ހުރަސް އަޅުއްވާފައިވާ ކަމުގައެވެ. ޕުޓިންއަކީ ޚާމަނާޢީގެ އިތުރުން އީރާންގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ.
ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން ޔަހޫދީން ވާހަކަ ދައްކަމުން މި ދަނީ އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޖޫން 13ވަނަ ދުވަހު އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ނަމުގައި ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާޢި، ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން އަސްކަރީ އަދި ދިފާޢީ މަރުކަޒުތަކާއި އަމާޒުތަކަށެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 240އަށް އުފުލިފައިވާއިރު، އޭގެ ތެރޭގައި 70އެއްހާ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާ ކަމުގައެވެ. އަދި، އީރާންގެ ރައްޔިތުން އެ ޤައުމުގެ ސަރުކާރާއި ވެރިންގެ ފަހަތުގައި ސާބިތުކަމާ އެކު ދެމިތިބި ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. “އެ ކަމުގެ [ޚާމަނާޢީ ޝަހީދު ކޮށްލުމުގެ] ފުރުޞަތު އޮތްކަމާ މެދު ވެސް އަޅުގަނޑު ވާހަކަ ދައްކާކަށް ނެތިން. އެއްވެސް ވަރަކަށް ބޭނުމެއް ނޫން،” ޕުޓިން ވިދާޅުވިއެވެ.
“އީރާންގެ ދާޚިލީ ސިޔާސީ މަސްރަޙަށް ކިތަންމެ ހައްސާސް ދަނޑިވަޅެއް ކުރިމަތިވެފައިވީ ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން އެ ދަނީ އެ މަންޒަރު. އެ ޤައުމުގެ [އީރާންގެ] ހުރިހާ ކަންކޮޅަކުން ފެންނަމުން ދަނީ މުޅި މުޖުތަމަޢު އެ ޤައުމުގެ ސިޔާސީ ވެރިންގެ ފަހަތަށް އަރަމުންދާ މަންޒަރު،” ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ސުލްޙަވެރި އަދި މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަކީ އީރާނަށް ލިބިގެންވާ ޙައްޤެއް ކަމުގައި ޕުޓިން ވިދާޅުވިއެވެ. އަދި، މި ވަގުތު ހުރިހާ ފަރާތަކުން ވެސް އިސްކަން ދޭންވީ، ޙަމަލާ ބަދަލު ކުރުން މެދުކެނޑުމަކަށް ގެނެވޭނެ މަގުތައް ހޯދުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، އެ ކަން ކުރަން ޖެހޭނީ އީރާނާއި ޔަހޫދީންގެ ޙައްޤުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެ ކަމާ ގުޅޭ ގޮތުން ޓްރަމްޕާއި، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.
ޚާމަނާޢީ ޝަހީދު ކޮށްލައި، އީރާންގެ ވެރިކަން ބަދަލު ކުރުމާ ދެކޮޅަށް ޕުޓިން ވާހަކަަފުޅު ދައްކަވާފައި މި ވަނީ، ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމާ މެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެ ކަމާ ގުޅޭ ގޮތުން ޓްރަމްޕް އެންމެ ފަހުން ވިދާޅުވީ، ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި، އެންމެ ފަހު ސިކުންތުގައި ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕް ނިންމަވާނީ ކޮން ގޮތަކަށް ކަން ސާފު ނޫން ކަމުގައެވެ. ނަމަވެސް، ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
