
އީރާނުގެ ވަރުގަދަ ޙަމަލާތަކެއް ޔަހޫދީ ދައުލަތަށް އަނެއްކާ ވެސް އަމާޒު ކޮށްފިއެވެ. އީރާނުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ބިރް އައްސަބަޢުގައި ހުންނަ ޔަހޫދީ އަކްސަރިއްޔާގެ ޖާސޫސީ އިދާރާއަކަށެވެ. އެ އިމާރާތާ ޖެހިގެން ހުންނަނީ ހަސްފަތާލެކެވެ. ޔަހޫދީންގެ މުހިންމު އަސްކަރީ އިމާރާތްތައް ހަސްފަތާލުތަކާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ބިނާ ކުރަނީ ޙަމަލާގެ ޙާލަތުގައި އާންމުން އައްޑަނައިގެ ގޮތުގައި ބޭނުން ކުރުމަށެވެ.
އީރާނުގެ ޙަމަލާގައި އަސްކަރީ އިމާރާތަށް ވަނީ ކާމިޔާބުކަމާއެކު ގެއްލުން ދީފައެވެ. އެ ޙަމަލާގައި އެ އިމާރާތާ ޖެހިގެން ހުރި ސޮރޯކާ ހަސްފަތާލަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ސޮރޯކާ ހަސްފަތާލަކީ ޔަހޫދީ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ސިފައިންނަށް ފަރުވާދޭ ހަސްފަތާލެކެވެ. އެ އިމާރާތުގެ ދަށުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރިން ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އީރާނުގެ ޙަމަލާއަށް ފަހު ޔަހޫދީން ދަނީ ހަސްފަތާލުން ކެމިކަލް ލީކުވާތީ އެ ހަސްފަތާލުން މީހުން ހުުސް ކުރަމުންނެވެ.
އީރާނުގެ މި ޙަމަލާ ދީފައި ވަނީ މީގެ ކުރިން ދީފައިވާ ޙަމަލާތަކުގައި ބޭނުން ކުރި މިސައިލްގެ ޢަދަދަށްވުރެ މަދު ޢަދަދެއްގެ މިސައިލްތަކެއް ބޭނުން ކޮށްގެންނެވެ. ކުރީގެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މިސައިލް ބޭނުުން ކޮށްފައިވާއިރު މި ޙަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ތިރީހަކަށް މިސައިލެވެ. ނަމަވެސް މިއީ މިހާތަނަށް އީރާނުން ދީފައިވާ އެންމެ ވަރުގަދަ އެއް ޙަމަލާއެވެ. އެހެންކަމުން މިހާރު އީރާނުން ބޭނުން ކުރަމުންދަނީ ކުރިން ބޭނުން ކުރި މިސައިލަށްވުރެ ވަރުގަދަ މިސައިލްތަކެވެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ޔަހޫދީންނަށް ދީފައިވާ ޙަމަލާތަކުގައި ތިން މީހުން މަރުވެ 70އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
