
ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކެތްތެރިވެ ތިބުމަށް އައު ކޯޗު ޒަބީ އަލޮންސޯ ގޮވާލައިފި އެވެ. އޭނާ މި ފަދައިން ގޮވާލީ ކުލަބު ވޯލްޑް ކަޕުގައި ރޭ ސައޫދީ އަރަބިއާގެ އަލް ހިލާލް އަތުން 1-1އިން އެއްވަރުވި މެޗަށް ފަހު އެވެ. ރެއާލް ލީޑް ހޯދާފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އަލް ހިލާލް އެއްވަރުކުރި އެވެ. އެކަމަކު މެޗުން ރެއާލް އަށް މޮޅު ނުވެވުނީ ފަހު ވަގުތު ލިބުނު ޕެނަލްޓީ ވަލްވާޑޭ އަތުން ނާކާމިޔާބު ވުމުންނެވެ. ރޭގެ މެޗަކީ އަލޮންސޯގެ ފުރަތަމަ މެޗެކެވެ. އޭނާ ޓީމާ ހަވާލުވެ ފުރަތަމަ ޕްރެކްޓިސް ކުރީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މެޗަށް ފަހު އޭނާ ބުނީ އެންމެ ނުވަ ދުވަހު ޕްރެކްޓިސް ކޮށްގެން ޓީމު ބަދަލު ނުކުރެވޭނެ ކަމަށެވެ.
“އަހަރުމެން ފުރަތަމަ ހާފުގައި ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހުނު. ބެލެންސެއް ނޫން. ފަހު ހާފުގައި ގިނަ ކަންކަން ރަނގަޅުވި. އެކަމަކު އެންމެ 9 ދުވަހުން ކަންކަން ރަނގަޅު ނުކުރެވޭނެ. ބައެއް ކުޅުންތެރިން މެޗު ކުޅުނީ އެންމެ ތިން ޕްރެކްޓިސް ކޮށްފައި. އަހަރެން އެދެނީ ސަޕޯޓަރުން ކެތްތެރިވުމަށް. މިއީ ފެށުމެއް. އަހަރުމެން މިދަނީ މި ޓީމު ބަދަލު ކުރަމުން،” އަލޮންސޯ ބުންޏެވެ. ބަޔާ ލެވަކޫސަން ދޫކޮށް ރެއާލް އާ ހަވާލުވި އެ ކުލަބުގެ ކުރީގެ މިޑްފީލްޑަރު ބުނީ ތައްޓެއް ނުލިބިދިޔަ ސީޒަނަކަށް ފަހު ރެއާލްގެ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ ކަމަށެވެ.
“އަހަރެންނަށް އެނގޭ ބަދަލު ކުރަން ވަގުތ ބޭނުންވާކަން. އަހަރުމެން ވަރަށް ގިނަ ކުޅުންތެރިންގެ ކުޅުން ވެސް ރަނގަޅު ކުރުވަން ޖެހޭ. ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ބޭނުންވާނެ. ދެން މުބާރާތެއްވީމާ ވާދަވެރި ކަމާއި ސަޕޯޓަރުން ބޭނުންވާ ކަންކަން ވެސް ހުންނާނެ. އެކަމަކު އަހަރުމެން ކުރި އަށް ދާން ޖެހޭނީ ދަސް ކުރަމުން. މިކަމަށް ވަގުތު ބޭނުންވޭ،” އަލޮންސޯ ބުންޏެވެ. އެމެރިކާގައި މިހާރު ކުރި އަށް ދާ މުބާރާތުގައި ރޭ ކީލިއަން އެމްބާޕޭ އިނީ ކުޅިބަލާށެވެ. އެއީ އޭނާ އަށް އަނިޔާވެފައިވުމުންނެވެ. އަލޮންސޯ ބުނީ ހުސްވި ސީޒަނުގައި 43 ގޯލު ޖެހި ފޯވަޑް ކުރި އަށް އޮތް މެޗުގައި ވެސް އެމްބާޕޭ ކުޅޭނެކަން މުޅިން ޔަގީން ނޫން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
