
ފީފާ ކުލަބު ވޯލްޑް ކަޕުގެ މެޗުތައް ގަދަ ހޫނުގައި ކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ސިއްހީ ގޮތުން މައްސަލަތައް ދިމާވާތީވެ ފީފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިދޭން ފުފް ޕްރޯ އާއި ޕީއެފްއޭއިން އެދިއްޖެ އެވެ. މި ދެ ޖަމާއަތަކީ ވެސް ކުޅުންތެރިންގެ ހައްގުގައި މަސައްކަތް ކުރާ ދެ ޖަމާއަތެވެ. މި ދެ ޖަމާއަތުން ބުނީ އޮފް ސީޒަނުގައި 32 ޓީމު ބައިވެރިކޮށްގެން އެމެރިކާގައި މިހާރު ކުރިއަށް ގެންދާ މުބާރާތަކީ އޭގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރު ބާރު ބޮޑުވެ، ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވެ، އިތުރު ލޮޑުކަމެއް ގެނުވާނެ ކަމެއް ކަމަށެވެ. އަދި ހަތަރު ހަފުތާ އަށް ދިގުދެމިގެންދާ މުބާރާތް އެމެރިކާގެ ގަދަ ހޫނުގައި ކުޅެން ޖެހުމުން ކުޅުންތެރިން ފިހެމުންދާ ކަމަށެވެ.
މި ދެ ޖަމާއަތުގެ އިތުރުން ކުޅުންތެރިންނާއި ކުލަބުތަކާއި ކޯޗުންނާއި ސަޕޯޓަރުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މުބާރާތުގެ އެތްލެޓިކޯ މެޑްރިޑް އަތުން ފްރާންސްގެ ޕީއެސްޖީ 4-0އިން މޮޅުވި މެޗު ކުޅުނީ 32 ޑިގްރީ ސެލްސިއަސްގަ އެވެ. މެޗަށް ފަހު އެތްލެޓިކޯގެ މާކޯސް ލޮރަންޓޭ ބުނީ އަނގަމަތި ހާސާކޮށް އޮތް ދަނޑަށް އިރުގެ ހޫނުކަން އެޅިފައި ހުރީ އާދަޔާ ހިލާފަށް ކަމަށެވެ. އަދި އެ ހޫނުގެ ސަބަބުން އޭނާގެ ފައިގެ އިނގިލިތަކަށް ތަދުވެ، ނިޔަފަތިތައް ލުހިގެން ހިނގައިދާނެހެން ހީވި ކަމަށެވެ.
މި މެޗަށް ދަނޑަށް ވަން ސަޕޯޓަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ދަނޑަށް ވަނުމަށް ގަދަ ހޫނުގައި ކިޔޫގައި އެތައް ވަގުތަކު ތިބެން ޖެހުމުންނެވެ. އަދި އިށީނދެގެން ދަނޑު ބޭރުގައި ތިބެލެވޭނެ މާގިނަ ވަސީލަތްތަކެއް ނެތުމާއި ބޯފެން ހިފައިގެން ދަނޑުގެ ބައެއް ގޭޓްތަކުން އެތެރެވާން ގިނަ ހުރަސްތަކެއް ކުރިމަތިވުމުންނެވެ. އަދި ހޫނު ގަދަވެ، ކަރުހިއްކައިގަތުމާއި އަނބުރައިގަނެގެން ވެއްޓިދާނެތީވެ އެތައް ބަޔަކު ވަނީ ފަހު ހާފު ފެށުމުގެ ކުރިން ދަނޑުން ނުކުމެގެން ގޮސްފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
