
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭނާގެ ކުރީގެ ކުލަބު ސްޕޭނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމަށް މެކްސިކޯގެ މޮންޓްރްރޭގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފި އެވެ. އުމުރުން މިހާރު 39 އަހަރުގެ ރާމޯސް އަކީ 2005 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމަ އަށް ރެއާލް އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ކުޅުންތެރިއެކެވެ. ރެއާލްގެ ކެޕްޓަންކަން ވެސް އޭނާ ކުރި އެވެ. ކެރިއަރުގެ ބޮޑުބައި އަދި އެންމެ މުހިންމު ދުވަސްތައް ރެއާލްގައި ހޭދަކުރި ކުޅުންތެރިޔާ ބުނީ ރެއާލްއާ ދެކޮޅަށް ކުޅެން ޖެހުމަކީ އޭނާ އަށް އެތައް ގޮތަކުން ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. “ކުރީގެ ޓީމާއި ޓީމް މޭޓުންނާ ދެކޮޅަށް ކުޅުމަކީ ވަރަށް ތަފާތު ވެސް ކަމެއް. އަދި ރީތި ގޮތަކަށް ވެސް ވެދާނެ. އެކަމަކު އަހަރެންގެ ނަޒަރުގައި އެކަން ނުކުރިއްޔާ މާ ރަނގަޅު ވާނެ. އަހަރެންނަށް ވެސް އަދި ކުލަބަށް ވެސް އުނދަގޫވާ ކަންކަމުން ދުރުވުމުގެ ފުރުސަތު އޮންނާނެ،” ރާމޯސް ބުންޏެވެ.
މޮންޓްރްރޯ އާއި ރެއާލް ބައްދަލުކުރުމުގެ ފުރުސަތު އޮތީ މުބާރާތުގެ ކޮންއައުޓް ބުރުންނެވެ. އެއީ ދެ ޓީމު ވެސް މުބާރާތުގެ ދެ ގްރޫޕެއްގައި ހިމެނޭތީ އެވެ. ރާމޯސް ބުނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް އަކީ ފުރަތަމް ފަހަރަށް 32 ޓީމު ބައިވެރިކޮށްގެން ކުޅޭ މުބާރާތުގެ ވެސް ފެވަރިޓް ކަމަށެވެ. “ރެއާލް މެޑްރިޑަކީ އަބަދުވެސް މި ކަހަލަ މުބާރާތްތަކުގެ ފެބަރިޓުން. މި މުބާރާތުގައި ވެސް އެކަން އޮތީ އެހެން. ތަށީ ހޯދުން އެންމެ ގާތް ޓީމަކީ އެއީ. އެއީ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ބެލި ނަމަވެސް ތަށި ހޯދުމުގެ ރޫހު އަދި ވިސްނުން ޒަމާނުއްސުރެ އޮތް ޓީމެއް،” ރާމޯސް ބުންޏެވެ.
މި މުބާރާތުން ފެށިގެން ރެއާލް އަށް ކޯޗުކޮށްދޭނީ އޭނާއާއެކު ރެއާލް އަށް ކުޅުނު މިޑްފީލްޑަރު ސްޕޭނުގެ ޒަބީ އަލޮންސޯ އެވެ. ރާމޯސް ބުނީ އަލޮންސޯ ރެއާލް އަށް ކޯޗުކޮށްދޭން ފެށުމަކީ ޝައުގުވެރި ކުރުވަނިވި ބަދަލެއް ކަމަށެވެ. އަދި އަލޮންސޯ އަކީ ރެއާލްގައި ހުރިހާ ކާމިޔާބީ އެއް ހޯދާފައިވާ އަދި ކުލަބު ވަރަށް ރަނގަޅަށް އެނގޭ ކުޅުންތެރިއަކަށްވުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
