
ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާގޮތުން އިއްޔެގެ ނިޔަލަށް ތެލުގެ އަގު ވަނީ %4 އުފުލިފައެވެ. ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. ރާއްޖޭގައި ބޭނުންކުރާ ބާވަތްތަކުގެ ބޮޑު އިންސައްތައެއް ޖެހެނީ ރާއްޖެއިން ބޭރުން އިމްޕޯޓްކުރަންށެވެ. އޭގެތެރެއިން އެއް ބާވަތަކީ ތެލާއި ގޭހެވެ. އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަބަދުވެސް ކުރެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު މީގެކުރިންވެސް ރާއްޖެއަށް ވަނީ ކޮށްފައެވެ. އަދި މިކަމުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް ރާއްޖެ ހިމެނެއެވެ. ސަބަބަކީ ރާއްޖެއަކީ މާބޮޑު ތެލުގެ ރިސާވްއެއް އޮތް ގައުމަކަށް ނުވުމެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއަންނަ ބަދަލު ރާއްޖެއަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އީރާނާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ޖޫން 13 ވަނަ ދުވަހުއެވެ. އިސްވެ އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ޠަހްރާންގެ އިތުރުން އެހެން ސަރަޙައްދުތަކުގައި ޤާއިމު ކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަނގުރާމަ މިހާރު ކުރިއަށްދާގޮތުން ހަނގުރާމަ ދިގުދެމިގެންދާނީ ކިހާ މުއްދަތަކަށްކަން މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް ބުނަން ނޭންގެއެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވާން އުޅޭ ކަމުގެ އިޝާރާތެއް މިހާރު ވަނީ ލިބިފައެވެ. މިކަން މިހެން ވެއްޖެނަމަ ގިނަ ގައުމުތަކަކުން ހަނގުރާމައިގެ ތެރެއަށް ވަދެ ހަނގުރާމަ އިތުރަށް ގޯސްވެގެންދާނެއެވެ. ޖޫން މަހުގެ 14 ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި އީރާނާއި ޤަޠަރުނުން ޙިއްޞާ ކުރާ ސައުތު ޕަރސް ގޭސް ފީލްޑުގައި ރޯވުމުން އެ މަރުކަޒުގައި ގޭސް އުފެއްދުމުގެ މަސައްކަތް ވަނީ ކޮންމެ ވެސް ވަރަކަށް މަޑުޖައްސާލައިފައެވެ. ޔަހޫދީން ވަނީ އިރާނުގެ ޝަހްރާމް ތެޔޮ މަރުކަޒަށް ވެސް ޙަމަލާ ދީފައެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މިހާރުވެސް ކޮންމެވެސް ވަރަކަށް ތެލުގެ އަގުތައް ވަނީ އުފުލިފައެވެ.
ތެލުގެ ބާވަތްތަކުގެ ތެރެއިން ސާފުނުކުރާ ބްރެންޓް ތެލުގެ އަގު މިހާރު ވަނީ 2.03 އިންސައްތައިން އުފުލިފައެވެ. އެއާއެކު މި ބާވަތުގެ ތެޔޮ މިހާރު ލިބެން ހުރީ ފީފާއެއް 74.72 އެމެރިކާ ޑޮލަރަށެވެ. އޭގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ 1.78 އިންސައްތައިގެ އިތުރުވުމަކާއެކު 73.05 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. ހަނގުރާމަ މިހާރު ކުރިއަށްދާގޮތުން ޑިމާންޑާއި އެއްވަރަށް ތެޔޮ ސަޕްލައިކުރުމަށް ހުރަސްތަކެއް ދިމާވެދާނެކަމަށް ބަލައި ތެލުގެ އަގުތައް ކުރިއަށްއޮތް ދުވަސްތަކުގައިވެސް މައްޗަށް ދާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. ތެލުގެ އަގުތައް މައްޗަށް ދިއުމަކީ މީގެ ސަބަބުން އެހެނިހެން ޚިދުމަތްތަކާއި ތަކެތީގެ އަގުތަކަށްވެސް ބަދަލު އަންނާނެކަމެކެވެ. ހަނގުރާމަ ނުނިމި ދިގުދެމިގެންދާނަމަ ދުނިޔޭގެ ހުރިހައި ގައުމެއްގައިވެސް ތެލުގެ އަގު އުފުލިގެންދާނެއެވެ. ނަމަވެސް މީގެ އަސަރު އެކި ގައުމުތަކަށް ކުރާނެ ވަގުތު ތަފާތުވާނެއެވެ. މިހާރުވެސް ބައެއް ގައުމުތަކުގެ ތެލުގެ އަގަށް ވަނީ ބަދަލު އައިސްފައެވެ.
މީގެ އަސަރު ރާއްޖެއަށްވެސް ކުރުމަކީ ގާތުގައިވާކަމެކެވެ. ނަމަވެސް ރާއްޖެއިން އަދި ތެލުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ތެލުގެ އަގަށް ބަދަލު އައުމަކީ އެހެނިހެން ޚިދުމަތްތައް މިސާލަކަށް ކަރަންޓާއި ފެން ފަދަ ޒަރޫރީ ޚިދުމަތްތަކުގެ އަގަށްވެސް ބަދަލު އަންނާނެކަމެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
