
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަ ކަމަށާއި، އެކަމުގައި ފަރުވާކުޑަކުރި ވަކިވަކި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ތަހުގީގުކުރި ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފިއެވެ. ރިޕޯޓުގައި ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް (އައިއޯ) ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯއަށް އެ ތަނަށް ދެވުނު އިރު ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީންގައި ހުރި އޮފިސަރު ނަގާ ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ހޯދިފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި ޕެރަމެޑިކް ޓީމުތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ހާޒިރުވެވުނު ނަމަވެސް ފުލުހުންގެ ޓޭޕު ދަމައި ބައުންޑްރީއެއް ކަނޑައަޅާފައި ނެތުމުން، ކުށުގެ ވެށި ރައްކާތެރި ކުރެވިފައި ނުވާ ކަމަށް ކޮމިޝަނަށް ވަނީ ހޯދިފައެވެ. އަދި ޔުމްނު އެ ރޭ ހ. ފެންޓެނޯއީ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި އުޅުނުކަން އެނގޭއިރު، އެ ތިން ފަންގިފިލާގެ އިތުރުން، ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު ސީން ދޫކޮށްލާފައިވާ ދިޔަ ކަން އެނގޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
އޭގެ ފަހުން، ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދަން، އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައެއް ނުވެއެވެ. އަދި ގުދަނެއް ހިންގައި މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެއާ އެކު، ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
