
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ދީފައިވަނީ ދޮގު ބަޔާނެއް ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް އޭނާ ގުޅާފައިވާ ކަމަށް ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނެފިއެވެ. ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފައެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައިނުވާ ކަމަށެވެ. ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާންއާ ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ހާދިސާއަަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަަށް ވެސް ރިޕޯޓްގައިވެއެވެ. ކޮމިޝަންގެ ރިޕޯޓްގައި ބުނީ ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.
މިނިސްޓަރު އަލީ އިހްސާންގެ، ޔުމްނު ވެއްޓިފައި އޮތް މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދުގެ ހައްޔަރާ ގުޅިގެން ފޯނުން މުއާމަލާތްކޮށްފައިވާ ކަމަށާއި، އިހުސާނާއި ދާއޫދު މެދުގައި ކުރެވުނު ޗެޓެއްގެ ތަފްސީލް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި އާންމުކޮށްފައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ދާއޫދު، މިނިސްޓަރު އަލީ އިހްސާނަށް ގުޅީ، 18 އޭޕްރީލް ދުވަހުގެ މެންދުރު ފަހުއެވެ. އެއީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު ދުވަހެވެ. ރިޕޯޓުގައިވާ ގޮތުން ދާއޫދު، އިހްސާނަށް ގުޅާފައި ބުނީ “ކޮއްކޮ ހައްޔަރުކޮށްގެން ގެންގޮސްފި” ކަމަށެވެ. ދާއޫދުގެ ކޮއްކޮއަކީ ރައުދުއެވެ. ދާއޫދު އެހެން ބުނުމުން އެކަން ބަލައިލާނެ ކަމަށް އިހްސާނު ވިދާޅުވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އެބައޮތެވެ.
ރިޕޯޓުގައިވާ ގޮތުން އެ ކޯލް ކުރިއިރު އިހްސާން ހުންނެވީ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓުގައެވެ. އެ ކޯލުގެ ފަހުން މެސެޖުން ދާއޫދާއި އިހްސާން ވާހަކަ ދެއްކިކަން ރިޕޯޓުގައި މެސެޖުތަކުގެ ތަފްސީލާއެކު ހާމަކޮށްފައި އެބައޮތެވެ. އެރޭ ރޭގަނޑުވެސް ދާއޫދާއި އިހްސާން ފޯނުން މުއާމަލާތް ކުރިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި އެބައޮތެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ ގޮތުން ބައެއް މައުލޫމާތު އިހުސާންވަނީ ދާއޫދުއަށް ދީފައެވެ. އިހުސާންއާ ދާއޫދުއާ ދެމެދު ފޯނުން 19 އޭޕްރީލް ދުވަހުވެސް މުއާމަލާތް ކުރެވުނުކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ދާއޫދު ހައްޔަރު ނުކުރާކަމާއި ފުލުހުން ބޭނުންވީ އެ މީހުންގެ ގެ ބަލައި ފާސް ކުރަން ކަންވެސް ދާއޫދު ފަހުންވަނީ އިހުސާންއަށް އަންގާފައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން އިހުސާން، ދާއޫދު ދަނެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
