
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ)
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އައިސްފިއެވެ. މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއިން ދިން ކޯޓާގައި ރާއްޖެއިން 1000 ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޙައްޖުވެރިން ގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެންމެ ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއައީ އަންގާރަ ދުވަހުގެ 22:54ގައެވެ. މި ޙައްޖާޖީން ރާއްޖެ އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓުގައި 255 ޙައްޖުވެރިއަކު ރާއްޖެއައިސްފައިވާއިރު، މި ބޯޓު ފުރީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ. ނަމަވެސް މި އަހަރު ދިވެހި ޙައްޖުވެރިން އަންނަނީ ސީދާ މަދީނާއިންނެވެ. ހުރިހާ ޙައްޖުވެރިން ރާއްޖެ އައުމާއި ގުޅިގެން ވެލާނާ އެއަޕޯޓުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިފަހަރު ޙައްޖުގެ އިންތިޒާމުތަކާއި މެދު ހުރިހާ ޙައްޖުވެރިންވެސް ހިތްހަމަ ޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
“ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ފެނުނީ ޙައްޖުވެރިންގެ ފަރާތުން ވަރަށް ބޮޑު ހިނިތުންވުމެއް. ޙައްޖުވެރިން މިފަހަރު ދިން ޚިދުމަތް ބަލައިގަތް މަންޒަރު ފެނިގެން ދިޔަ. ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ކެނޑިނޭޅި ހައްޖުވެރިން ހާލު ބައްލަވާ އިންތިޒާމުތައް ގާތުން ބައްލަވަމުން. އެހެން ކަމުން ރައީސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޙައްޖު ކޯޕަރޭޝަންގެ ޓީމުން ކުރި ބުރަ މަސައްކަތްވެސް ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ” ޙައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވިއެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު އައިރު، 2 ވަނަ ގްރޫޕް އައީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. ޙައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހު މެނދުރެއް ހާއިރުއެވެ. މީގެ ދެވަނަ ގްރޫޕް އަދި ފަހު ގްރޫޕް އައިސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ. މިއަހަރު 1000 ފަރާތެއް ޙައްޖުގެ އަޅުކަން އަދާކުރިއިރު، މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ޙައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެ ގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއަރޕޯޓުގެ އިންތިޒާމްތަކާއި ދަތުރުފަތުރާއި ކެއުމުގެ އިންތިޒާމްތައް ކުރިއަށްވުރެ މިއަހަރު ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ޙައްޖުވެރިން ރާއްޖެ އަންނައިރު، އަރިދަފުސް ރޯގާ ޖެހި، ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
