
ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ ނޫން ޓީމަކަށް ކުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ. ޕޮލެންޑްގެ ކެޕްޓަން އަދި ފޯވަޑް މިހެން ބުނީ އޭނާ ރިޓަޔާ ކުރާނީ ކޮން އިރަކުތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ. އުމުރުން 37 އަހަރުގެ ފޯވަޑް ބުނީ ހަށިގަނޑުގެ ތަރުބިއްޔަތާއި ފިޓްނަސް އަށް ބަލާއިރު އޭނަ އަކީ މިހާރު ކުރި އަށް ވުރެ ޒުވާން ކުޅުންތެރިއެއް ކަމަށެވެ. “އަހަރެން ކުޅުން ހުއްޓާލާނީ އަހަރެން ހަށިގަނޑާއި ސިކުނޑި ދެން އަހަރެންނަށް ދަނޑުމަތީގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނަން ފެށި ހިސާބަކުން. މިހާރު އަހަރެންގެ ހަށިގަނޑަށް ބަލާއިރު އަހަރެންގެ ބައޮލިޖިކަލް އުމުރަކީ 32. އެހެންވީމާ އަދި އަހަރެންނަށް ކުޅެވޭނެ،” ލެވަންޑޯސްކީ ބުންޏެވެ.
އޭނާ ބުނީ އަންނަ ސީޒަނުގައި ބާސެލޯނާ ނޫން ޓީމަކަށް ކުޅުމުގެ ކުޑަކޮށް ވެސް ހިޔާލެއް ނެތް ކަމަށެވެ. “ތިޔައީ އަހަރެންގެ ވިސްނުމުގައި އޮތް ކަމެއް ނޫން. އަހަރެންނަށް ޔަގީން އަހަރެން އަންނަ ސީޒަނުގައި ކުޅޭނީ ބާސެލޯނާ އަށް ކަން. އަހަރެން ހުރީ ފިޓްކޮށް. އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އެބައޮތް. އަދި އެކަން އިތުރު ވެސް ވެދާނެ. އަހަރެން މިހުރީ ފިޓްކޮށް. ކުރިއާ އަޅާ ބަލާއިރު އަހަރެން ޖެހާ ގޯލު މަދެއްނޫން،” ލެވަންޑޯސްކީ ބުންޏެވެ. ލެވަންޑޯސްކީ ބުނީ ކެރިއަރުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ޑޯޓްމުންޑްގައި ވެސް ތަށިތަކެއް ލިބިއްޖެ ކަމަށާއި ބާސެލޯނާގައި ވެސް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.
ލެވަންޑޯސްކީ ބާސެލޯނާއާ ގުޅުނީ 2021 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އޭނާ ވަނީ ތިން ސީޒަން ކުޅެ އެ ކުލަބަށް 101 ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި 33 ގޯލު އަދި ދެ ވަނަ ސީޒަނުގައި 26 ގޯލު ޖެހިއިރު އެންމެ ގިނަ ގޯލު ޖެހީ ހުސްވި ސީޒަނުގަ އެވެ. އެއީ 42 ގޯލެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
