
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ އެންމެ ބޮޑު ރަށް، ލޮސް އެންޖެލީސްގައި ފުލުހުންނާއި ޢާންމުންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ފުލުހުންނާއި ޢާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައި ވަނީ، ޤަވާޢިދާ ޚިލާފަށް ކަމުގައި އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން ކަނޑައަޅާފައިވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމަށް ރޭޑު ޖަހައި، ހިންގި އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެ ކަމާ މެދު ނުރުހުން ފާޅު ކުރުމަށް، އަދި ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމަށް ގޮވައިލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ލޮސް އެންޖެލީސްގެ މަގުތަކަށް ނިކުމެފައެވެ.
އައިސްގެ އޮފިސަރުން ހިންގި އޮޕަރޭޝަނުގައި ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަ ކޮށްފައިވާ ކަމަށް ބުނާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރިއެވެ. ފުލުހުންނާއި ޢާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައި ވަނީ، އެ އޮޕަރޭޝަނާ ދެކޮޅަށް އަޑު އުފުލުމަށް ގިނަ އަދަދެއްގެ ބަޔަކު ކުރަމުން ދިޔަ މުޒާހަރާއެއް ރޫޅައިލުމަށް ފުލުހުން މަސައްކަތް ކުރުމާ ގުޅިގެންނެވެ. މުޒާހަރާ ރޫޅައިލުމުގެ ނަމުގައި ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ. މުޒާހަރާ ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާގެ ބައިވެރިން ވެސް ވަނީ ފުލުހުންނާ ކުރިމަތިލާފައެވެ. އަދި، ގައު ފަދަ ތަކެތި ފުލުހުންނާ ދިމާއަށް އުކައި، ޙަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. މުޒާހަރާ ރޫޅައިލުމުގެ ތެރެއިން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ސާފެއް ނޫނެވެ.
ލޮސް އެންޖެލީސްގެ ފުލުހުންގެ އިދާރާ (އެލްއޭޕީޑީ)ގެ ތަރުޖަމާނު ޑްރޭކް މެޑިސަން ވިދާޅުވީ އައިސްގެ ރޭޑުތަކާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާފައި ވަނީ ޣައިރުޤާނޫނީ މުޒާހަރާތަކެއް ކަމުގައެވެ. އަދި، އެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ފުލުހުން ނިންމާފައިވާ ކަމުގައެވެ. ލޮސް އެންޖެލީސްގައި ނުޤަވާޢިދުން ދިރިއުޅޭ ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި އައިސްގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ. އެ މީހުން ރޭޑު ޖަހާފައިވާ ބައެއް ތަންތަނުގެ ތެރޭގައި ބޮޑެތި ފިހާރަތަކާއި ވިޔަފާރިތައް ހިމެނެއެވެ. އޭގެ ތެރޭގައި ހޯމް ޑީޕޯ ފަދަ ވިޔަފާރިތައް ވެސް ހިމެނެއެވެ. އެ ރޭޑުތަކުގައި ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަކޮށް ދިރިއުޅެމުންދާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ.
މިއީ، އެ ފަދަ މީހުން ހައްޔަރުކޮށް، އަމިއްލަ ވަޒަނަށް ފޮނުވައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ފަށާފައިވާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ޖަހާފައިވާ ރޭޑުތަކެކެވެ. އެ ފަދަ ހުރިހާ މީހުން ހައްޔަރުކޮށް، އަމިއްލަ ވަޒަނަށް، ނުވަތަ ބޭރު އެހެން ޤައުމުތަކަށް ޑީޕޯޓު ކޮށްލުމަށް ޓްރަމްޕް ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. މިއީ، އައިސްގެ އޮފިސަރުން މި ފަދަ އޮޕަރޭޝަނެއް ހިންގާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު ޓްރަމްޕްގެ އަމުރަށް ވަނީ އެހެން ޤައުމުތަކަށް ޑީޕޯޓު ކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
