
އީދަކީ އުފާވެރި ހަނދާންތަކަކުން ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހްތިފާލަކަށް ހެދުމަށާއި އީދުގެ ބަރަކާތްތެރި މޫސުމުގައި އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައިވަނީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރިންނަށް ރިވެތި ނަމޫނާ އާއި ނަސޭހަތް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
“އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ،” ހައްޖުގެ މަތިވެރި އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ހުންނަވައިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންނަށް ބޮޑު އީދަކީ މާތްކަމާއި ނިއުމަތުގެ ފޯވައްސެއް ކަމަށެވެ. “އަޅުގަނޑުގެ ދުއާއަކީ ހައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރު ކުރައްވައި، ﷲގެ އޯގާވަންތަކަމާއި ރަހުމަތް ދިވެހި ގައުމަށާއި އެންމެހާ މުސްލިމުންނަށް އިތުރުކޮށްދެއްވުމެވެ،”
ރައީސް ވިދާޅުވީ މީސްތަކުންނަށްޓަކައި ލެއްވި އެންމެ ހެޔޮ އުއްމަތަކީ އިސްލާމީ އުއްމަތް ކަމުގައި މާތްﷲ ވަހީ ކުރައްވާފައިވާ ކަމަށާއި މި އުއްމަތުގެ ދަރަޖަ ﷲގެ ހަޟުރަތުގައި މަތިވެރިވީ މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓައި އަނެކުންނަށް ނަސޭހަތްތެރިވެ ނަމޫނާ ދައްކާ ބަޔަކަށްވާތީ ކަމަށެވެ. އަދި ކޮންމެ ނުބައިކަމުން ދުރުވުމަށް މުސްލިމުން މަސައްކަތް ކުރާތީ ކަމަށް ވިދާޅުވި އެވެ.
عيد مبارك
ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.އަޅުގަނޑު އެދެނީ މި އުފާވެރި ޢީދުގައި އެކުވެރިކަން ބަދަހި ކުރައްވައި، އިޖްތިމާޢީ ރޫޙު އާލާ ކުރެއްވުން. ހިތްހެޔޮކުރުމާ، އިޙްސާންތެރިވުމާ، ލޯތްބާއި އޯގާތެރިކަމުގެ ރީތި ސިފަތަކުން މިޢީދު… pic.twitter.com/n24y6idMtT
— Dr Mohamed Muizzu (@MMuizzu) June 5, 2025
ރައީސް ވިދާޅުވި ގޮތުގައީ އީދުގެ އުފަލާ އެކު އިސްލާމީ މުޖުތަމައުތަކުން ފެންނަ އެންމެ ރިވެތި ސިފައަކީ ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ތަފާތުކުރުމެއް ނެތި ހަމަހަމަކާ އެކު ނަމާދުކޮށް ނިއުމަތްތަކަށް ޝުކުރުވެރިވުމާއެކު އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންކޮށް ހިތްހެޔޮ ކުރުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން ކީރިތި ރަސޫލާ ސިފަ ކުރައްވަނީ ގަދަ ފަދަ ބިނާއެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮންމެ އީދެއްގައި ވެސް މުސްލިމުންގެ މަތިން ހަނދާން އާކުރާ ކަމަށާއި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހިތްތަކުގައި އޮތް ކުލުނު ދިވެހިން ބަންޑުންކޮށްލަނީ ކަރުނައާއެކު ހެޔޮ ދުއާއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“މުސްލިމުންގެ މުގައްދަސް މިސްކިތުގެ ހިމާޔަތުގައި އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ހައްގުގައި ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށި އެވެ. ﷲގެ ހަޟްރަތުން މަދަދާއި ރިޒްގާއި ހަމަޖެހުމާއި އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި އާއިލާތަކަށް ދެއްވާށި އެވެ.”
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
