
މިފަހަރު އަޟުހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، އީދު ކުޅިވަރުތައް ބައްލަވައިލެއްވުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ބ. ކަމަދޫއަށް ޒިޔާރަތްކުރައްވައިފިއެވެ. މީސްމީޑިއާގައި ދައުުރުވަމުންދާ ވީޑިއޯގައި ފެނިގެންދަނީ އުއްޗު ކަމަދޫއަށް ވަޑައިގަތުމުން އޭނާއަށް ބ. ކަމަދޫއިން ހޫނު މަރުހަބާއެއް ކިޔަމުންދާ މަންޒަރެވެ. ބ. ކަމަދޫއަކީ އަބަދުވެސް މެހެމާންދާރީގައި ކުރީ ސަފުގައި އޮންނަ ރަށެކެވެ. ވަކިން ހާއްސަކޮށް އީދަށް އެރަށަށް ޒިޔާރަތްކުރާ މީހުންނަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ހޫނު މަރުހަބާއެއް އަބަދުވެސް ކިޔައެވެ. ބ. ކަމަދޫއަކީ ސަގާފީ ގިނަ ކުޅިވަރުތަކާއި ދިވެހި ރީތި އާދަކާދަތައް އީދުގެ ހަރަކާތްތަކުުގައި ފެނިގެންދާ ރަށެކެވެ.
ޗަމްޕާ އުއްޗު ކަމަދޫއަށް ވަޑައިގެންނެވުމުން ދަހޯކްސް ކުންފުނީގެ ޗެއާރމަން އަޙްމަދު ރަޝީދު ޗަމްޕާ މުޙައްމަދު މޫސާ އަދި އެބޭފުޅާގެ އާއިލާއަށް ވަރަށް ޙޫނު މަރުޙަބާއެއް ދެއްނެވިއެވެ.

އިއްޔެ ހަވީރު ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކަކީ ލަނގިރި، އަންހެނުންގެ ބިލެތްދަފި އަދި އަންހެނުންގެ އިތުރު އިވެންޓެކެވެ. މި ކުޅިވަރުތައް ބައްލަވައިލެއްވުމަށް އުއްޗުއާއެކީ އާއިލާގެ ބޭފުޅުން ކަމަދޫއަށް ވަޑައިގެންނެވިއެވެ. އަދި މިފަހަރުވެސް ބ. ކަމަދޫގެ ކުޅިވަރު ގްރޫޕަށް ކުރެއްދޫ ރިސޯޓަށް އައުމަށްވަނީ އުއްޗު ދައުވަތު އަރުވާފައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާއަކީ ވިޔަފާރި ދާއިރާގައި ޤައުމަށް ފައިދާ ހުރި ގިނަ ވިޔަފާރިތަކަކަށް އިންވެސްޓްމަންޓް ކުރަމުންދާ އަދި އިޖްތިމާޢީ ކަންތައްތައް ކުރިއެރުވުމަށްޓަކައި އެކި ގޮތްގޮތުން އެބޭފުޅާގެ އެހީތެރިކަން ދަނީ ފޯރުކޮށް ދެއްވަމުންނެވެ.
އީދު ކުޅިވަރުތައް ބަލާލުމަށް މި އީދުގައި ވެސް ކަމަދޫ ގިނަ އަދަދެއްގެ މެހެމާނުން ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު އަޟުހާ އީދު ވެސް ބ. ކަމަދޫގައި ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، އެކުޅިވަރު ހަރަކާތްތައް މުޅި ރާއްޖޭގައި ފާހަގަކުރެވިގެންދިޔައެވެ. އަދި ކަމަދޫއަކީ ސަގާފީ ކުޅިވަރުތަކަށް ހާއްސަ ކުދި ބޮޑު އެންމެން އީދުގައި ބައިވެރިވެ މެހެމާނުން އުފާކުރުމުގައި ނަމޫނާ ރަށެކެވެ. އެންމެ ފަހުން ފާހަގަކުރި އަޟުހާ އީދުގައި ކަމަދޫއަށް ޒިޔާރަތްކުރި މެހެމާނުން ވެސް އީދު ނިމުމުން ވެސް އެރަށުން އަންނަ ހިތެއް ނުވާ ކަމަށާއި ފުރައިގެން ދާން ޖެހުނީ ކަމަދޫއަށް ހިތް ދޫކޮށްލާފައި ކަމަށް ވަނީ މީސްމީޑިއާގައި ޟުއޫރުތައް ފާޅުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
