
އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަނެފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ވޯޓުން ފާސްވެގެންނެވެ. ފަލަސްތީނާއި އެއްކޮޅަށް 386 ވޯޓު ވަނީ ލިބިފައެވެ. އަދި ދެކޮޅަށް ލިބިފައިވަނީ 15 ވޯޓެވެ. މި ވޯޓަކީ ފަލަސްޠީނަށް ވަރަށް މުހިންމު ވޯޓެކެވެ. މިއީ ބައިނަލްއަޤްވާމީ ލޭބަރ ކޮމިއުނިޓީން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ހާސިލްވެގެންދިޔަ ވަރަށް މުހިންމު ކަމެކެވެ.

މި ވޯޓުގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ތާރީޚީ ނިންމުން ނިންމުމަށްޓަކައި ރާއްޖެއިން ވޯޓުލާފައިވާތީ މިއީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ. 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދެވެ. ވަޒީރު ވަނީ މި ކޮންފަރެންސްގެ ތެރެއިން ފަލަސްޠީނުގެ ވަފުދުގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވަސް މަސައްކަތްކުރަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހައްޤުގައިކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ގައުމީ ތަރައްގީ ޕްލޭންގެ ޑްރާފްޓު ނިންމައި މިހާރު އޮތީ ރިވިއުކުރާ މަރުހަލާގައި”
(ފޮޓޯ ކްރެޑިޓްސް: ނެކްސިއާ މޯލްޑިވްސް) ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަޕްލޭންގެ ޑްރާފްޓް ނިމި، މިހާރު އޮތީ ރިވިއުކުރުމުގެ...
އާ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޭސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން ރާއްޖެއަށް ބޭސް ގެނެސް، ރަށްރަށަށް...
ދީނަށް ފުރައްސާކުރާ މައްސަލާގައި ހޯދަން އިއުލާން ކުރި ބޫގާ ފުލުހަށް ހާޒިރެއް ނުވި
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ކަނޑައެޅި ވަގުތަށް ހާޒިރުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް...
ޕީއެންސީއަށް ވޯޓު ދީގެން ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވޭނެ: ސައުދުﷲ
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި އިހުމާލުގެ ބޮޑެތި މައްސަލަތަކުން ރަށުގެ އަބުރު ސަލާމަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ...
ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.27 ބިލިޔަން...
މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ...
