
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނުގެ ވެރިރަށް ކިއެވްގައި މިއަދުގެ ވަގުތެއްގައި ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށާއި، އެ ޙަމަލާތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިނުގެ ސަރުކާރުން ބުނެފިއެވެ. ޔޫކްރެއިނަށް މި ޙަމަލާތައް ދޭން ފަށާފައިވަނީ، ރަޝިޔާގެ ބޮން އަޅަން ބޭނުންކުރާ އަސްކަރީ މަތިންދާބޯޓުތަކަކަށް އަމާޒުކޮށް ޔޫކްރެއިނުން ދީފައިވާ ޑްރޯން ޙަމަލާތަކަަށް ރަޝިޔާއިން ރައްދުދޭން ޖެހޭނެ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގާތުގައި ދަންނަވާފައިވަނިކޮށެވެ.
ޔޫކްރެއިނުގެ ފޮރިން މިނިސްޓަރު އަންޑްރީ ސިބިހާ އެކްސްގައި ވިދާޅުވީ، ރައްދުގައި ކަމަށްބުނެ، ރަޝިޔާއިން ޙަމަލާދީފައިވަނީ ޔޫކްރެއިނުގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އިމާރާތްތަކަށް ކަމަށެވެ. ނަމަވެސް، ރަޝިޔާއިން ދިފާޢީ ވުޒާރާއިން ބުނީ، ރަޝިޔާއަށް ދިން “ނިރުބަވެރި” ޙަމަލާތަކުގެ ރައްދުގައި، ރަޝިޔާއިން ޙަމަލާދީފައިވަނީ ޔޫކްރެއިނުގެ އަސްކަރީ ތަންތަނަށް ކަމަށެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ “ރަހުމްކުޑަ” ޙަމަލާތަކުގައި އެކި ސަރަޙައްދުތަކުން ޖުމްލަ 49 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ޔޫކްރެއިނުގެ ވައިގެ ސިފައިން ބުނީ، ރަޝިޔާއިން ދިން ޙަމަލާތަކުގައި 407 ޑްރޯން އާއި 45 ބެލިސްޓިކް އަދި ކްރޫސް މިސައިލް ބޭނުންކޮށްފައިވާ ކަމަށެވެ. ފާއިތުވި ހަތަރު މަހެއްހާ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެސް، ދެ ޤައުމުގެ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ނަމަވެސް ހަނގުރާމަ އަދިވެސް ދަނީ ދުވަހުން ދުވަހަކަށް އިރުތަށް ވަރުގަދަވަމުންނެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ޔުކްރެއިނުން ރަޝިޔާގެ ދެ ފާލަމަކަށް ވަރުގަދަ ޙަަމަލާތަކެއް ދިނުމުގެ އިތުރުން ސައިބީރިޔާއާއި ރަޝިޔާގެ އުތުރުގައި ހުރި އެ ޤައުމުގެ ބޮމްބަރ ޖެޓުތަކަކަށް ޔުކްރެއިނުން ވަނީ ބޮން އަޅައިފައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔުކްރެއިނުން ހަޤީޤަތުގައި ވެސް ހަނގުރާމަ ހުއްޓާލާ ޞުލްޙަ ޤާއިމު ކުރުމަށް ބޭނުންވާ ކަމާމެދު ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ ސުވާލު އުފައްދަވައިިފިއެވެ. ޕުޓިން ވިދާޅުވީ ޔުކްރެއިނުން ޞުލްޙަ ޤާއިމު ކުރުމަށް ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ޤަބޫލު ކުރައްވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
