
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން އީދު ދުވަހު ވެސް ބޮން އަޅައި، މިހާތަނަށް 16 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ، ޔަހޫދީންގެ ވައިގެ ޙަމަލާތައް އިއްޔެ އަމާޒުކޮށްފައިވަނީ ޖަބާލިޔާ، ތުއްފާޙް އަދި ޚާން ޔޫނުސް ސަރަޙައްދުތަކަށް ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ޣައްޒާގެ ޖަބާލިޔާއަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޢުދުވާނުތައް ވަނީ ވަރުގަދަކޮށްފައެވެ. ބޮން އެޅުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން އެންގި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.
މި ޙަމަލާތަކުގެ ތެރެއިނ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފާ)އިން މިއަދު ކޮންމެވެސް ވަރަކަށް އެހީގެ ސަމާނު ބެހިކަމަށް ބުނެފައިވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޖީއެޗްއެފުން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެ ޖަރީމާތައް ހިންގުމުގެ އަޑީގައި ތިބީ ޔަހޫދީ ސިފައިން ކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރެއެވެ. ޖީއެޗްއެފުން ދަނީ، ކާބޯތަކެތި ބަހަމުންދާ ކަމަށް ބުނެ، ޢަައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުން އެކި ސަރަޙައްދުތަކަށް ޖަމާކުރަމުންނެވެ. އަދި، ޔަހޫދީ ފައުޖުން ދަނީ ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާވާ މީހުންނަށް ޙަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ. ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ހިންގާފައިވާ ޖަރީމާތަކުގައި 100އެއްހާ މީހުން ޝަހީދު ކޮށްލައި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލިއެވެ.
މި ފަދަ ޖަރީމާތަކާ ގުޅިގެން ޖީއެޗްއެފަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑު ކިޔުންތައް އަމާޒުވުމާ އެކު، އެ ޖަމުޢިއްޔާއިން ވަނީ ޖޫން 4ވަނަ ދުވަހު އެހީ ބެހުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި އެހީ ބަހާ އިތުރު ދެ މަރުކަޒު ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ބުންޏެވެ. އަލުން ކާބޯތަކެތި ބަހަން ފަށާނެ ވަކި ތާރީޙެއް އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ. މި ވަގުތު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ހަމައެކަނި ދީފައި ވަނީ އެ ޖަމުޢިއްޔާއަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
