
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ގެ ހަތަރު ފަނޑިޔާރަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އައިސީސީގެ ހަތަރު ފަނޑިޔާރަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އެ ކޯޓުން ކޮށްފައިވާ އަމުރާ މެދު ހިތްހަމަ ނުޖެހިގެންނެވެ. މީގެ އިތުރުން، އަފްޣާނިސްތާން ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް އަލުން ތަޙުޤީޤު ކުރުމަށް އެ ކޯޓުން ނިންމި ނިންމުން ހަޖަމުނުވެގެންނެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާފައިވާ ހަތަރު ފަނޑިޔާރުންނަކީ ޔުގާންޑާގެ ސޮލޮމީ ބަލޫންގި ބޯސާއާއި، ޕެރޫގެ ލޫސް ޑެލް ކާމެން އީބާންޔޭސް ކަރޭންސާއާއި، ބެނިންގެ ރެން އަޑޭލާއީޑް ސޯފީ އަލާޕީނީ ގާންސޫގެ އިތުރުން ސްލޮވީނިޔާގެ ބެޓީ ހޯލެހްރެވެ. އެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއެވެ.
“ފަނޑިޔާރުންގެ ގޮތުގައި ތިއްބަވައި، އެ ހަތަރު ބޭފުޅުން ވަނީ އެމެރިކާއާއި އެމެރިކާގެ ގާތް ރަޙުމަތްތެރިޔާ، އިސްރާއީލާ ދެކޮޅަށް ސާބިތުނުހިފޭ ތުހުމަތުތަކެއްގައި ޤާނޫނާ ޚިލާފު ފިޔަވަޅުތަކެއް އަޅުއްވާފައި. އައިސީސީ ވަނީ ސިޔާސީ ކޮށްފައި އަދި އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ތަޙުޤީޤު ހިންގައި، ދަޢުވާކޮށް، ޝަރިޢަތް ކުރެވޭނެ ކަމަށް އެ ކޯޓުން ދަނީ ވަކާލާތު ކުރަމުން،” ރޫބިޔޯ ވިދާޅުވިއެވެ. އައިސީސީން ވަނީ އެ ކޯޓުގެ ހަތަރު ފަނޑިޔާރުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމުމުން، އެ ނިންމުން ކުށްވެރި ކޮށްފައެވެ. އެ ކޯޓުން ބުނީ، ޓްރަމްޕްގެ ސަރުކާރުގެ އަމަލަކީ އެ ކޯޓުގެ ޝަރުޢީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމުގައެވެ. އަދި، އެތަކެއް މިލިޔަން ބަޔެއްގެ ޙައްޤުތައް ޙިމާޔަތްކޮށް، ކަށަވަރު ކޮށްދިނުމަށް އެ ކޯޓުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.
އެމެރިކާއިން ފިޔަަވަޅު އެޅުމަށް ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން ބޯސާއާއި އީބާންޔޭސް ކަރޭންސާ އެ ކޯޓަށް ޢައްޔަން ކޮށްފައި ވަނީ 2018ވަނަ އަހަރުއެވެ. އަފްޣާނިސްތާނުގެ ހަނގުރާމައިގައި ބައިވެރިވި އެމެރިކާ ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ ގުޅޭ ގޮތުން 2020ވަނަ އަހަރު އައިސީސީން ކޮށްފައިވާ ތަޙުޤީޤުގައި އެ ދެ ފަނޑިޔާރުން ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. ނަމަވެސް، 2021ވަނަ އަހަރު އެ ކޯޓުން ވަނީ އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ބައިވެރިވި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މައްސަލަ ބެލުން މަޑުޖައްސައިލާފައެވެ. މީގެ އިތުރުން، އައިސީސީގެ ފަނޑިޔާރުންގެ ތެރެއިން އަލާޕީނީ ގާންސޫއާއި ހޯލެހްރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައި ވަނީ ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރާ ގުޅުވައެވެ. ނަތަންޔާހޫގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމަށް ވެސް އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ ދެ މީހުން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ކޮށްފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެންނެވެ.
ޓްރަމްޕްގެ ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި، އެ ދެ މީހުން ހައްޔަރު ކުރުމަށް އައިސީސީން އަމުރުކޮށް، އަފްޣާނިސްތާން ހަނގުރާމައިގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުން އެމެރިކާއާ މެދު ގެންގުޅޭ ރުޅިވެރިކަމެއްގެ ސަބަބުންނެވެ. 2020ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް އައިސީސީގެ އެހެން ފަނޑިޔާރަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވެއެވެ. އެއީވެސް އަފްޣާނިސްތާނާ ގުޅޭ މައްސަލަ ބެލުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ. ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރުމާ ގުޅިގެން ޖަނަވަރީ މަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވެސް އައިސީސީއަށް އަދަބު ދިނުމަށް ފާސްކޮށްފައެވެ. އައިސީސީއަކީ ޤަތުލުޢާންމުތަކާއި، އިންސާނިއްޔަތުކަމާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ކުށްތައް ތަޙުޤީޤު ކުރުމަށް 2002ވަނަ އަހަރު ޤާއިމު ކޮށްފައިވާ ކޯޓެކެވެ. އެ ކޯޓަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު އެ ކޯޓުގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ވެސް ލިބިގެންވެއެވެ. އެމެރިކާއާއި ޗައިނާ އަދި ރަޝިޔާގެ އިތުރުން ޔަހޫދީ އިސްރާއީލަކީ އެ ކޯޓުގެ މެންބަރުންނެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
