
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީގެ ގޮތުގައި 5.4 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދޭނެ ކަމަށް އިނގިރޭސިވިލާތުން އިޢުލާނު ކޮށްފިއެވެ. އިނގިރޭސިވިލާތުގެ ތަރައްޤީއާބެހޭ ވަޒީރު ޖެނީ ޗެޕްމަން މި ވަގުތު ދަނީ އިސްރާއީލަށާއި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. ޗެޕްމަން ވިދާޅުވީ ޔަހޫދީ ސަރުކާރުން ޣައްޒާައަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއެޅުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް ވަނުމުގެ ޙުއްދަ ދީފައި ވަނީ އެދެވޭ މިންވަރަ ވަރަށް ވުރެ މާ މަދު ޢަދަދެއްގެ ޓްރަކަށް ކަމަށެވެ. އިނގިރޭސިވިލާތުން ދެކޭ ގޮތް ވަރަށް ސާފު ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ތަކުލީފު ދިގުދައްމައިގެން އިސްރާއީލަށް ސަލާމަތްކަން ނުލިބޭނެ ކަމަށެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާތީ އިނގިރޭސިވިލާތުން މެއި މަހުގެ 20ވަނަ ދުވަހު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް އިސްރާއީލާއެކު ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑާލައިފައެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަަސްއަޅާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފައެެވެ. އިނގިރޭސިިވިލާތުން ބުނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދޭ ފައިސާއާ ޙަވާލު ވާނީ ބްރިޓިޝް ރެޑް ކްރޮސުން ކަމަށެވެ. އެ ފައިސާ ޣައްޒާއަށް ފޯރު ކޮށްދޭނީ ފަލަސްޠީނިއަން ރެޑް ކްރެސެންޓު ސޮސައިޓީ މެދުވެރިކޮށެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ޖަމާޢަތުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،600އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.
ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް އިޢުލާނު ކޮށްފައެވެ. އެ ފުރުޞަތު ދިނުމަށް ޔަހޫދީން ނިންމީ ބަޔަކު ގަސްތުގައި ބަނޑަށް ޖައްސާތީ މުޅި ދުނިޔެއިން އެ ކަން ކުށްވެރި ކުރާތީ، ޔަހޫދީންނާ ގުޅުން ހުރި ޤައުމުތަކަށް އޮތް ތާއީދު ކުޑަވަމުން ދިޔުމުގެ ސަބަބުންނެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހޭތީ ތާއީދު ގެއްެލެމުންދާ ކަމުގެ ކަންބޮޑުވުންތައް ޙިއްޞާ ކޮށްފައިވާ ކަމަށް ބުނެފައެވެ. އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިން ނަމަވެސް، މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މިހާތަނަށް އެތެރެ ކޮށްފައި ވަނީ 100 ޓްރަކަށްވުރެ ވެސް މަދު ޢަދަދެއްގެ ސާމާނެވެެ. މި ޙާލަތުގައި ވެސް ޔަހޫދީން ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދެމުންދާތީ، ފުށާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ އެހެން ސާމާނު އަދި ވެސް ޣައްޒާގެ ބޭކަރީތަކަށް ފޯރު ކޮށްދެވިފައެއް ނުވެއެވެ. މެއި މަހުގެ 21ވަނަ ދުވަހު އެކަނި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 115 އަމާޒަކަށް ޙަމަލާދީ 34 މީހުން ޝަހީދު ކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
