
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ޖާސޫސުކުރަނިކޮށް 1965 ވަނަ އަހަރުގެ ތެރޭގައި އަތުލައިގަނެ، މަރާލާފައިވާ އިސްރާއީލުގެ މަޝްހޫރު ޖާސޫސެއް ކަމަށްވާ އީލައި ކޯއެންގެ ސާމާނުތައް ޔަހޫދީންގެ ދަޢުލަތާ ޙަވާލުކުރީ ސޫރިޔާގެ ސަރުކާރުން ބޭނުންވެގެން ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުން އެހެން ޤައުމެއްގެ ޖާސޫސީ އިދާރާއެއްގެ އެހީތެރިކަމާ އެކު، ކޯއެން އެއްކޮށްފައިހުރި ގިނަ އަދަދެއް ލިޔެކިޔުންތަކާއި ސިއްރު މަޢުލޫމާތުތައް ހޯދާފައިވާ ކަމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން މިދިޔަ އާދީއްތަ ދުވަހު ވަނީ އިޢުލާނުކޮށްފައެވެ.
އެ ތަކެތި ސޫރިޔާގެ ތެރެއިން ވަގަށް ނަގާފައިވަނީ މޮސާޑުން ހިންގި ސިއްރު އޮޕަރޭޝަނެއްގައެވެ. ނަމަވެސް، ކަމުގެ މަޢުލޫމާތު އެނގިވަޑައިގަންނަވާ، ރައީސް އަޙްމަދު އަލް-ޝަރާޢުގެ ޙާއްޞަ އެޑްވައިޒަރަކު ރޮއިޓަރސް އަށް ބުނެފައިވާ ގޮތުގައި، ކޯއެން އެއްކޮށްފައި ހުރި މަޢުލޫމާތު ދޭން ޝަރާޢު އޮތީ ނިންމައިފައެވެ. އެއީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާއި ސޫރިޔާއާ ދެމެދު އޮތް ނުތަނަވަސްކަން ލުއި ކުރުމުގެ އިތުރުން، ޔަހޫދީންގެ އެންމެ ވަރުގަދަ ވާގިވެރިޔާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯއެން ވަނީ ސޫރިޔާ ސިޔާސީ އަދި އަސްކަރީ އިސް ވެރިންނާ އެކު ވަރުގަދަ އަދި ގާތް ގުޅުމެއް އުފައްދައި، ޖާސޫސު ކުރުމުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު، އެކަން ފަޅައިއެރުމުން، ހައްޔަރުކޮށް 18 މެއި 1965 ގައި އާންމުންގެ ކުރިމަތީގައި ދަންޖައްސައި މަރާލައިފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. އެޗްޓީއެސްގެ ސަރުކާރާ ޙަވާލުވެވަޑައިގެން، ޝަރާޢާ އާއި ދިފާޢީ ވުޒާރާގެ އިސް ބޭފުޅުންނަށް ކޯއެން އެއްކޮށްފައިހުރި މަޢުލޫމާތުތައް އިސްރާއީލަށް މުހިންމުވާނެ ކަން ޤަބޫލުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ކޯއެން އެއްކޮށްފައި ހުރި މަޢުލާމާތާއި ސަމާނު ބަހައްޓާފައިހުރީ، ދިފާޢީ މަރުކަޒެއްގައި ކަމަށް ވެސް އޭނާ އެ ނޫހަށް ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
