
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ދެމެހެއްޓުމާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުން މުރާޖާ ކުރުމަށް ނިންމާފައިވާ ކަން އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ހާމަކުރައްވައިފިއެވެ. ޒަޔަނިސްޓު އިސްރާއީލާ އެކު ބާއްވަމުންދާ ގުޅުންތައް މުރާޖާ ކުރުމަށް އީޔޫން ނިންމާފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާތީއެވެ.
އިސްރާއީލާ އެކު އޮތް ގުޅުންތައް މުރާޖާ ކުރުމަށް އީޔޫން ނިންމާފައިވާ ކަން ކައްލާސް ހާމަކުރައްވާފައި މި ވަނީ، ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމުގެ ގޮތުން ‘ގިޑިޔަންސް ޗެރިއަޓްސް’ގެ ނަމުގައި ނުރައްކާތި އަސްކަރީ ކެމްޕޭނެއް ޔަހޫދީ ފައުޖުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނީ، އޭނާގެ އަމުރަށް ފަށާފައިވާ އޮޕަރޭޝަންގެ ބޭނުމަކީ ޣައްޒާގެ އުތުރާއި ދެކުނުގެ ބައެއް ބިންތަކަށް ވެރިވެގަތުން ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުން ކަމުގައެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ.
ޒަޔަނިސްޓު އިސްރާއީލާ އެކު ބާއްވަމުންދާ ގުޅުންތައް މުރާޖާ ކުރުމަށް އީޔޫން ނިންމާފައި ވަނީ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއްގައެވެ. ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޢުދުވާނާއި، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާ އަމާޒުވެފައިވާ ޖަރީމާއެކެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ހިމެނެއެވެ.
ކައްލާސް ވިދާޅުވީ، އިސްރާއީލާއި އީޔޫގެ މެންބަރު ޤައުމުތަކާ ދެމެދު ސިޔާސީ އަދި އިޤުތިޞާދީ ގުޅުން ބޭއްވުމާ ގުޅޭ އެއްބަސްވުން މުރާޖާ ކުރުމަށް އެ އިއްތިޙާދުގެ ގިނަ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ތާޢީދު ކޮށްފައިވާ ކަމުގައެވެ. މި ގޮތުން، 27 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދުގެ 17 ޤައުމަކުން އެ ކަމާ ރުހޭ ކަމުގައި އީޔޫގެ މަޞްދަރުތަކުން ބުންޏެވެ. ޔަހޫދީ ފައުޖުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެ، ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިސްވެ ހުށަހަޅުއްވާފައި ވަނީ ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ފެލްޑްކަމްޕެވެ.
“ޣައްޒާގައި އޮތީ ކާރިސާއަކާ އެއްފަދަ ހާލަތެއް. ޣައްޒާއަށް އެހީ އެތެރެ ކުރުމަށް އިސްރާއީލުން ފުރުޞަތު ދިނުމަށް މަރުޙަބާ ކިޔަން، ނަމަވެސް އެއީ [އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ] ވަރަށް ކުޑަކުޑަ މިންވަރެެއް. [ޣައްޒާއަށް] އެހީ ވެއްދުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލަން ޖެހޭ، ސަބަބަކީ މި ވަގުތު އޮތް އެންމެ ބޮޑު ބޭނުމަކީ އެއީ،” ކައްލާސް ވިދާޅުވިއެވެ. މުރާޖާ ކުރުމަށް އީޔޫގެ ޚާރިޖީ ވަޒީރުން ހުށަހަޅާފައި ވަނީ 2000ވަނަ އަހަރު އަމަލު ކުރަން ފެށި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންސާނީ ޙައްޤުތަކާއި ޑިމޮކުރަސީގެ އުންސުރުތަކަށް ޒަޔަނިސްޓު އިސްރާއީލުން އިޙުތިރާމު ކުރަން ޖެހޭނެއެވެ. އަދި، ބައިނަލްއަޤްވާމީ ސިޔާސަތުތަކަށް ބޯލަނބަން ޖެހޭނެއެވެ. ނަމަވެސް، ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ދަނީ އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެ ކަން އީޔޫގެ މެންބަރު ޤައުމުތަކަށް ފެނިފައި މި ވަނީ، މެދުކެނޑުމެއް ނެތި ޢުދުވާން ހިންގަމުންދާތާ 592 ދުވަސް ފަހުންނެވެ.
ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހަޅުއްވައި ފެލްޑްކަމްޕް ފޮނުއްވި ސިޓީގައި ޔަހޫދީންގެ ޖަރީމާތައް ކުށްވެރި ކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ، ޣައްޒާ ޢުދުވާން ފުޅާ ކުރުމާ އެކު އެ ސަހަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މުސީބާތުގެ ހާލަތު އެތަކެއް ގުނައަކަށް ގޯސްވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ އިތުރުން ސޫރިޔާއާއި ލުބްނާންގެ ބައެއް ބިންތައް ފޭރިގަތުމަށް ވަކާލާތުކޮށް ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގެ ބައެއް ހައްދުފަހަނަ އެޅި މެންބަރުން ދައްކާފައިވާ ވާހަކަތައް ވެސް ފެލްޑްކަމްޕް ކުށްވެރި ކުރެއްވިއެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް ނުރައްކާތެރި ހާލަތެއް ކުރިމަތި ކުރުވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
