
އުރީދޫ ގްރޫޕުން ޚިދުމަތް ދެމުން އަންނަ ޤައުމުތަކުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖެ އިސްތިހާރު ކުރުމަށް ޚައްޞަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް އުރީދޫ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރާނެއެވެ. ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމަރ އޮފިސަރ ބިލާލް ކަޒްމީއާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން “ވިޒިޓް މޯލްޑިވްސް” ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އުރީދޫއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގެ ތެރެއިން، އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިންގ މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އުރީދޫއަކީ، ދުނިޔޭގެ 10 ޤައުމެއްގައި 150 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދޭ ކުންފުންޏެކެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިސްތިހާރު ކުރުމުގައި އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑީރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ އުރީދޫއާއެކު ސޮއިކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ނަން އިސްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވިގެން ދާނެކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫ ހުރުމަކީ ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ ފުރުސަތެއް ކަމަށް ޝިއުރީ ވިދާޅުވިއެވެ. އުރީދޫން ވަނީ މި އެއްބަސްވުމުގެ ޒަރީއްޔާއިން ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށް ބުނެފައެވެ.
ރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓް ކުރުމަށް ގިނަ އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީން ދަނީ ސޮއިކުރަމުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މިއީ ޑިޖިޓަލް މާކެޓިން ތެރެއިން ރާއްޖެ އިސްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަމުންދާ އެއްބަސްވުންތަކެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
